Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:56 - ކިތާބުލް މުޤައްދަސާ

56 ދެން އެމީހުން އެހެން ރަށަކަށް ދިޔުމަށް ދަތުރު ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:56
16 ပူးပေါင်းရင်းမြစ်များ  

”⁠ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.


އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“


ނަމަވެސް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ނުބައި މީހަކާއި ދެކޮޅަށް ބަދަލު ނުހިފާ. ތިބާގެ ކަނާތު ކަންކަށީގައި މީހަކު ޖަހައިފިނަމަ، ތިބާގެ ވާތްފަރާތު ކަންކަށީގައި ޖެހުމަށް ވެސް އޭނާއަށް ދައްކާ.


އިންސާނާގެ ދަރިކަލުން މި ދުނިޔެއަށް އައީ މަގުއޮޅި ގެއްލިފައިވާ މީހުން ހޯދާ ސަލާމަތް ކުރުމަށްޓަކާ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިހާރު ތިކަންތައް ހުއްޓާލާ.⁠“ ދެން އީސާގެފާނު އެމީހާގެ ކަންފަތުގައި އަތްޕުޅު ބީއްސަވާ އޭނާގެ ކަންފަތް ރަނގަޅު ކުރެއްވިއެވެ.


އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”⁠ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.⁠“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.


އީސާގެފާނު އަސްޙާބީންގެ މި ބަހުގެ މައްޗަށް ނުރުހުންވެ ކޯފާ އިސްކުރެއްވިއެވެ.


އެމީހުން ދަތުރުކުރަމުން ދިޔަމަގުމަތީ ދިމާވި މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތާކަށް ކަލޭގެފާނުގެ އަރިހުގައި ދާން މިހިރީ ތައްޔާރަށް.⁠“


ވަގަކު ވަންނާނީ ވައްކަންކޮށް މަރައި ނެތިކުރަން. ނަމަވެސް އަހަރެން މިއައީ ދިރިހުރުން އޭގެ އެންމެ ފުރިހަމަ މާނައިގައި ދިނުމަށް.


އަހަރެންގެ ބަސްތައް އަޑުއަހާ އެބަސްތައް ގަބޫލު ކުރުމަށް އިންކާރުކުރާ މީހުންގެ މައްޗަށް ހިސާބުބަލާނީ އަހަރެންނެއް ނޫން. އެއީ އަހަރެން ދުނިޔެއަށް މިއައީ ދުނިޔޭގެ މީސްތަކުން ސަލާމަތް ކުރުމަށް. އެމީހުން ކުށްވެރި ކުރުމަކަށެއް ނޫން.


މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ މީސްތަކުން ކުށްވެރި ކުރެއްވުމަކަށް ނޫން. ނަމަވެސް އެކަލޭގެފާނު މެދުވެރިކޮށް އެމީހުން ދިންނެވުމަށް.


މިއީ ތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ ފަދަ ތެދު ޙަޤީޤަތެވެ. އީސާ އަލްމަސީޙު ދުނިޔެއަށް ވަޑައިގެންނެވީ ފާފަވެރިން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އަދި އެފަދަ ފާފަވެރިންގެ ތެރެއިން އަހަރެންނަކީ އެންމެ ނުބައި ފާފަވެރިޔާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ