ލޫކާސް 9:54 - ކިތާބުލް މުޤައްދަސާ54 މިކަންތަކާ މެދު އަސްޙާބީން ކަމުގައިވާ ޔޫޙަންނާ އާއި ޔާމިޒު ބުންޏެވެ. ”މާތްސާހިބާ! އަޅުގަނޑުމެން މިމީހުން ނެތިކޮށްލުމަށް އުޑުން އަލިފާން ފޮނުއްވުމަށް އެދެން ތޯ؟“ အခန်းကိုကြည့်ပါ။ |
ޖިބްޢޫނީންނަކީ އިސްރާއީލީންނެއެއް ނޫނެވެ. އެއީ އަމޫރީންގެ ދަރިކޮޅެކެވެ. އިސްރާއީލުން ވަނީ ޖިބްއޫނީންނަށް ގެއްލުމެއް ނުދޭނެކަމަށް ވަޢުދުވެފައެވެ. އެކަމަކު ޝާއުލްގެފާނު އުޅުއްވީ އެމީހުން ނައްތައިލުމަށެވެ. އެއީ އިސްރާއީލުންނާއި ޔަހޫޛާއިންނާ މެދު އެކަލޭގެފާނު ހިތްޕުޅުގައިވާ ދެގޮތެއްނުވާ ތާއީދަށްޓަކައެވެ. އެހެންވެ ދާއޫދު ރަސްގެފާނު ޖިބްއޫނީނުން އެއްތަނަކަށް އެއްކުރައްވައިފިއެވެ.