ލޫކާސް 9:5 - ކިތާބުލް މުޤައްދަސާ5 މީހުން ކަލޭމެންނަށް މަރުޙަބާ ނުކިޔައިފިނަމަ އެރަށަކުން ދަމުން ކަލޭމެންގެ ފައިން އެރަށުގެ ހިރަފުސް ފޮޅާލާފައި ދޭ. އެއީ އެމީހުން މާތްރަސްކަލާނގެ ފޮނުއްވި މަތިވެރި ޚަބަރުފުޅުގެ ބޭނުން ނުކުރީތީ އެމީހުންގެ މައްޗަށް އެކަލާނގެ ކޯފާވެ ވޮޑިގެން ވާކަމުގެ އިންޒާރެއްގެ ގޮތުން.“ အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.“
ދެން އީސާގެފާނު އޭނާއަށް އަމުރުފުޅު ކުރެއްވިއެވެ. ”ކަލޭގެ ހަށިގަނޑު އިމާމަކަށް ދައްކާ. އަދި ޖުޒާމުބަލި ޖެހިފައި ފަސޭހަވެއްޖެ މީހަކު ސާފުތާހިރުވުމުގެ ގޮތުން ކުރުމަށް ތައުރާތުގައި މޫސާގެފާނު އަމުރުފުޅު ކުރެއްވި ޤުރުބާންތައް ކުރޭ. އެއީ ކަލޭ ތިޔަބަލިން ފަސޭހަވެ ސާފުވެތާހިރުވީ ކަން އެންމެންނަށް ހާމަކޮށް ދިނުމުގެ ހެއްކެއްގެ ގޮތުން. ނަމަވެސް އަހަރެން ކަލޭގެ ބަލި ފަސޭހަ ކޮށްދިން ވާހަކަ އެއްވެސް މީހެއް ގާތު ބުނެގެންނުވާނެ.“
ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެންނަށްޓަކައި މިކުޑަކުއްޖަކާ އާއި މެދު އަޅާލުން ބެހެއްޓި މީހަކު އެއީ އަހަރެން ގަބޫލުކޮށް އަހަރެންނާއި މެދު ވެސް އަޅާލުން ބެހެއްޓި މީހެއް. އަދި އަހަރެން ގަބޫލުކޮށް އަހަންނާއި މެދު އަޅާލި ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ގަބޫލުކޮށް އެފަރާތާއި މެދު ވެސް އަޅާލުން ބަހައްޓާ މީހަކު ކަމުގައި ވާނެ. ކަލޭމެންގެ ތެރެއިން އެންމެ ދަށް މީހާއަކީ އެންމެ މަތިވެރި މީހާ.“
ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުން ނުލިބުނީ ނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.“