Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:49 - ކިތާބުލް މުޤައްދަސާ

49 ޔޫޙަންނާ ބުންޏެވެ. ”⁠ސާހިބާ! ކަލޭގެފާނުގެ ނަންފުޅު ބޭނުންކޮށް ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅުކުރާ މީހަކު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން އެމީހާ އެކަން ކުރުން މަނާކޮށް ހުއްޓުވުމަށް މަސައްކަތް ކުރީން. އެއީ އެމީހާއަކީ އަޅުގަނޑުމެންގެ ތެރޭން މީހެއް ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:49
10 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔަޙުޔާގެފާނު އެކަންތައް ހުއްޓުމަށް ޓަކައި މަސައްކަތް ކުރެއްވުމުގެ ގޮތުން ދެންނެވިއެވެ. ”⁠ކަލޭގެފާނު އަޅުގަނޑުގެ ކައިރިއަށް ތައުބާގެ ހިނެވުމުން ހިނައިގެންނެވުމަށް ޓަކައި ތިޔަ ވަޑައިގެންނެވީ ކީއްވެ؟ އަޅުގަނޑު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދިވަޑައިގަންނަވަމު!⁠“


ޝަމްއޫނު ބުންޏެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މިއައީ ރޭ ހަތަރުދަމު މަސައްކަތް ކޮށް ވެސް އެންމެ މަހެއް ވެސް ނުހިފިގެން. އެހެންނަމަވެސް ކަލޭގެފާނު ވިދާޅުވީތީ އަޅުގަނޑުމެން ދާ އެއްލަފާނަން.⁠“


މޫސާގެފާނާއި އިލްޔާސްގެފާނު އެނބުރި ވަޑައިގަތުމަށް ތައްޔާރު ވި ވަގުތު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މިތާނގައި މި ވަގުތު ވީކަން ރަނގަޅު. ތިޔަބޭކަލުންނަށް ހިޔާވާނޭ ތިން ތަން ހަދައިދެން ތޯ؟ ކަލޭގެފާނަށް އެއްތަން، މޫސާގެފާނަށް އެއްތަން އިލްޔާސްގެފާނަށް އެއްތަން ހަދައިދެން ތޯ؟⁠“ ޕަތަރަސްއަށް އޭނާ މިބުނި އެއްޗެއްގެ މާނައެއް ވެސް ނުވިސްނުނެވެ.


”⁠އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟⁠“


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ