Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:41 - ކިތާބުލް މުޤައްދަސާ

41 އީސާގެފާނު އެތާނގައި ތިބި އެންމެހައި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠އޭ އީމާންކަމެއް ނެތް ނުބައި ވެގެންވާ ޒަމާނުގެ މީސްތަކުންނޭ. ކަލޭމެން ކައިރީ ކެތްކޮށްގެން އަހަރެން ހުންނަންވީ ކިހާ ދުވަހެއް ވަންދެން؟⁠“ ދެން އެފިރިހެން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެ ފިރިހެން ދަރިފުޅު މިތަނަށް ގެނޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:41
31 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’⁠ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ.


މާތްރަސްކަލާނގެ މޫސާގެފާނު ކުރެން އެއްސެވިއެވެ. ”⁠ކަލޭމެންގެ މީހުން އަހަރެން އަންގާ ބަސް ގަބޫލުކޮށް ކިޔަމަން ވާނީ ކޮން ދުވަހަކުން؟


ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން.


ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ނުބައި އަދި ވަފާތެރިކަމެއް ނެތް މީހުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދޭނެ. ނަމަވެސް ކަލޭމެންނަށް ލިބިދީފައިވާ ހަމައެކަނި މުޢުޖިޒާތީ ޢަލާމާތަކީ ނަބީ ޔޫނުސްގެފާނު ދެއްކެވި މުޢުޖިޒާތުގެ ޢަލާމާތް.


ދެން އެ ނުބައި ރޫޙު ބޭރަށް ގޮސް އެ އެއްޗާއި އެކުގައި އެއަށް ވުރެން ނުބައި އިތުރު ހަތް ރޫޙު ގޮވައިގެން އައިސް އެ ގޭގައި ދިރިއުޅެން ފަށާނެ. އެ ފަދަ މީހާގެ ހާލު އަދި ކުރިޔަށް ވުރެން ނުބައިވާނެ. މި ޒަމާނުގައި ދިރިއުޅޭ ނުބައި މީސްތަކުންގެ މައްޗަށް ވެސް މި އުސޫލުން ކަންތައް ހިނގާނެ.⁠“


ނުބައި އަދި ފާފަވެރި މީސްތަކުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދެމުން ދާނެ. ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުދެއްކޭނެ. ދައްކައި ދިނުމަކަށް އަހަރެން ބޭނުމެއް ނުވޭ. ޔޫނުސްގެފާނާއި މެދު ހިނގައިދިޔަ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ޓަކައި ދެއްކެވި ހަމައެކަނި މުޢުޖިޒާތީ އަލާމާތްތަކެއް ކަމަށް ފުދޭނެ.⁠“ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުން ދޫކުރައްވައި ވަޑައިގެންނެވިއެވެ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! ކަލޭމެން ދިރިއުޅެމުން ގެންދަނީ ނުހަނު ނުބައި ގޮތަށް. ކަލޭމެންގެ ކައިރީގައި ކެތްކޮށްގެން އަހަރެން ހުންނާނީ ކިހާ ދުވަހެއް ވަންދެން؟ އެ ފިރިހެން ކުއްޖާ މިތަނަށް ގެނޭ.⁠“


އަހަރެން މިބުނަނީ ތެދެއް. އެ ހުރިހާ ކަމެއްގެ ޒިންމާ މިޖީލު އުފުލަންޖެހޭނެ.⁠“


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


އެބޭކަލުންގެ މިޢަމަލު އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު ކޯފާވެ ވަޑައިގަންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠އެ ތުއްތު ކުދިންތައް އަހަރެންގެ ކައިރިއަށް އައުން މަނާ ނުކުރޭ! އެ ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ! މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މި ކުދިން ފަދަ މީސްތަކުންނަށް.


އީސާގެފާނު ހުއްޓިވަޑައިގެން ހުންނަވާ ވިދާޅުވިއެވެ. ”⁠އޭނާއަށް ގޮވާ.⁠“ އެހެންކަމާއެކު، އެބައިމީހުން އެ ލޯފަންމީހާއަށް ބުންޏެވެ. ”⁠ހިތްވަރުކޮށް މިކޮޅަށް އާދޭ! އެދުރުކަލޭގެފާނު ތިބާއަށް އެބަ ގޮވާލައްވާ!⁠“


އެބައިމީހުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! އަހަރެން ތި މީހުންގެ ކައިރީގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތަ؟ ތި މީހުންގެ ކައިރީގައި އަހަރެން ކެތްކޮށްގެން ހުންނަން ޖެހޭނީ ކިހާ ދުވަހަކު؟ އަހަރެންގެ ކައިރިއަށް އެ ފިރިހެން ކުއްޖާ ގެނޭ!⁠“


އެވަގުތު އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ފަހެ ކަލޭމެންގެ އީމާންކަން ކޮބާ؟⁠“ އަސްޙާބީން މި ވެދިޔަ ކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ބިރުގަތެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ކޮންފަދަ އިންސާނެއް ބާ؟ އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!⁠“


އަޅުގަނޑު އޭނާ ރަނގަޅު ކޮށްދިނުމަށް އެދި ކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އާދޭސް ކުރީން. ނަމަވެސް އެމީހުންނަކަށް ވެސް އެކަމެއް ނުވި.⁠“


އެކުއްޖާ އީސާގެފާނުގެ އަރިހަށް އައިސް ހުއްޓާ ވެސް ޖިންނި އޭނާ ހޭނައްތާ ވައްޓާލުމުން އެކުއްޖާގެ ދަތްޕިލާޖެހި އަނގައިން ފޮނުއެރިއެވެ. ނަމަވެސް އީސާގެފާނު އެ ޖިންނިއަށް ރައްކާވެ ދިއުމަށް އަމުރު ކުރެއްވިއެވެ. އަދި އެކުއްޖާ ރަނގަޅުކޮށް އޭނާގެ ބައްޕަ އާއި ހަވާލުކުރެއްވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ފިލިޕު، އަހަރެން ކަލޭމެންގެ ގާތުގައި އެތައް ދުވަހެއް ވަންދެން އުޅެފީމު. އެކަމަކު އަދިވެސް އަހަރެން މިއީ ކާކުކަމެއް ކަލެއަށް ނޭނގުނުތަ؟ އަހަރެން ދަނެ، ދެކެފި، ކޮންމެ މީހަކަށް ބައްޕާފުޅު ވެސް އެވަނީ ފެނިފައި. ވީއިރު ’⁠ބައްޕާފުޅު އަހަރެމެންނަށް ދައްކާދޭށޭ⁠‘ ކަލޭ ތިޔަ ބުނީ ކީއްވެ؟


ދެން އީސާގެފާނު ތޯމާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ އަތުގައި އަތްލާ ބަލާބަލަ. މަގޭ އަރިކަށީގައި ވާ ޒަޚަމުތަކުގެ ނިޝާންތަކުގައި އަތްލަބަލަ. ޝައްކު ކުރުން ދޫކޮށްލާ. ގަބޫލުކޮށް އީމާންވޭ!⁠“


އެކަލާނގެ އެމީހުން ކުރި ހުރިހާ ކަމަކަށް ސާޅީސް އަހަރުވަންދެން ހަނަފަސް ބިމުގެ ތެރޭގައި ކެތްތެރިވެ ވޮޑިގެންވި.


ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”⁠ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.⁠“


އެ ގޮތަށް ކަންތައް ކުރި މީހުންނަށް އެކަލާނގެ އަރާމުގެ މަންޒިލް ނުލިބުނީ އެމީހުންގެ ކިބައިގައި އީމާންތެރިކަން ނެތީމައެވެ.


އަހަރެމެން ވެސް އެ އަރާމުގެ މަންޒިލަށް ވަނުމަށް ގަދައަޅަން ވާނެއެވެ. އެއީ އަހަރެމެންގެ ތެރޭން އެކަކު ވެސް އީމާންކަމުގެ މަގުން ކައްސާލައި ކުރީގެ ނުކިޔަމަންތެރިވި މީހުން ފަދައިން ގެއްލުނަ ނުދިނުމަށެވެ.


އަހަރެމެންނަށް މި އިވެނީ އިސްވެ ދިޔަ މީހުންނަށް ވެސް އިވުނު ހެޔޮޚަބަރުފުޅެވެ. އެމީހުންނަށް އެ ރިސާލަތުގެ އަޑު އިވުމުން ވެސް ވީ ރަނގަޅެއް ނެތެވެ. އެހެނީ އެމީހުން އެ ރިސާލަތު އަޑު އެހުމަށް ފަހު ވެސް ގަބޫލުކޮށް އީމާނެއް ނުވިއެވެ.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ