37 އަނެއްދުވަހު އެމީހުން ފަރުބަދައިން ފައިބައިގެން ތިރިއަށް އައިރު އެތައްބައިވަރު މީސްތަކުންނެއް އީސާގެފާނާއި ބައްދަލު ކުރުމަށް އައެވެ.
ކުއްލިއަކަށް އެމީހުންގަނޑުގެ ތެރެއިން މީހަކު އެކަލޭގެފާނަށް ގޮވާ ހަޅޭއް ލަވަމުން ދެންނެވިއެވެ. ”އެދުރުކަލޭގެފާނު! އަޅުގަނޑު އާދޭހާއި އެކު ދަންނަވަން. އަޅުގަނޑުގެ ފިރިހެން ދަރިފުޅު ދެކެލުމަށް ވަޑައިގަންނަވާ. އެއީ އަޅުގަނޑުގެ ހުރި ހަމަ އެކަނި ދަރިފުޅު.