Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:33 - ކިތާބުލް މުޤައްދަސާ

33 މޫސާގެފާނާއި އިލްޔާސްގެފާނު އެނބުރި ވަޑައިގަތުމަށް ތައްޔާރު ވި ވަގުތު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މިތާނގައި މި ވަގުތު ވީކަން ރަނގަޅު. ތިޔަބޭކަލުންނަށް ހިޔާވާނޭ ތިން ތަން ހަދައިދެން ތޯ؟ ކަލޭގެފާނަށް އެއްތަން، މޫސާގެފާނަށް އެއްތަން އިލްޔާސްގެފާނަށް އެއްތަން ހަދައިދެން ތޯ؟⁠“ ޕަތަރަސްއަށް އޭނާ މިބުނި އެއްޗެއްގެ މާނައެއް ވެސް ނުވިސްނުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:33
13 ပူးပေါင်းရင်းမြစ်များ  

އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެއްވެފައި ތިބި މީސްތަކުންގެ ތެރެއަށް ވަޑައިގެންނެވި ހިނދު ފިރިހެނަކު އައިސް އީސާގެފާނުގެ ކުރިފުޅުމަތީ ކަކޫމައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ މައްޗަށް ރަޙުމް ކުރައްވާ! އެ ދަރިފުޅަށް ވަނީ ވެއްޓޭބަލި ޖެހިފަ. އޭނާގެ ހާލު ވަރަށްވެސް ދެރަ. އަދި ވަރަށް ގިނަ ފަހަރު މަތިން އޭނާ އަލިފާނާއި އަދި ފެނުގެ ތެރެއަށް ވެސް ވެއްޓޭ.


އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުމެންނަށް މިވަގުތު މިތަނުގައި ތިބެވުނުކަން ވަރަށް ރަނގަޅު! ކަލޭގެފާނު އެދިވަޑައިގަންނަވަނީނަމަ، ތިން ހިޔާ އަޅުގަނޑު ހަދައިދީފާނަން. އެއީ ކަލޭގެފާނަށް ހިޔަލެއް، މޫސާގެފާނަށް ހިޔަލެއް އަދި އިލްޔާސްގެފާނަށް ހިޔަލެއް.⁠“


އީސާގެފާނު އެ ދެބެއިންނަށް ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިޔަ އެދޭކަމަކީ ކިހާވަރެއްގެ ކަމެއްކަން ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭމެ. އަހަރެން ބޯން މިއުޅޭ ވޭންދެނިވި ތަށިން ތިޔަބައިމީހުންނަށް ބޮވޭނެތަ؟ އަދި އަހަރެން މިގަންބާލެވޭ ވޭނުގެ ތެރެއަށް ތިޔަބައިމީހުންނަށް ގެނބެވިދާނެތަ؟⁠“


ޝަމްއޫނު ބުންޏެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މިއައީ ރޭ ހަތަރުދަމު މަސައްކަތް ކޮށް ވެސް އެންމެ މަހެއް ވެސް ނުހިފިގެން. އެހެންނަމަވެސް ކަލޭގެފާނު ވިދާޅުވީތީ އަޅުގަނޑުމެން ދާ އެއްލަފާނަން.⁠“


އޭނާ މިހެން ބުނެ ނުވެސް ނިމި އުޅެނިކޮށް ކުއްލިއަކަށް އައި ވިލާގަނޑެއްގެ ހިޔާ އެބޭކަލުންގެ މައްޗަށް އެޅިގެން ދިޔައެވެ. އެބޭކަލުން ވިލާގަނޑުގެ ތެރެއަށް ވަދެގެން ދާތަން ފެނުމުން އަސްޙާބީން ބިރުގަތެވެ.


ޔޫޙަންނާ ބުންޏެވެ. ”⁠ސާހިބާ! ކަލޭގެފާނުގެ ނަންފުޅު ބޭނުންކޮށް ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅުކުރާ މީހަކު އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެން އެމީހާ އެކަން ކުރުން މަނާކޮށް ހުއްޓުވުމަށް މަސައްކަތް ކުރީން. އެއީ އެމީހާއަކީ އަޅުގަނޑުމެންގެ ތެރޭން މީހެއް ނޫން.⁠“


އަސްޙާބީންގެ ތެރެއިން ފިލިޕު ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑުމެންނަށް ބައްޕާފުޅު ދައްކަވާ. އޭރުން އަޅުގަނޑުމެން ވެސް ހިތްހަމަ ޖެހޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ