ލޫކާސް 9:32 - ކިތާބުލް މުޤައްދަސާ32 ޕަތަރަސްއާއި އޭނާއާއި އެކު ވީ އަނެއް ދެ އަސްޙާބީން ތިބީ ގަދަ ނިދީގެ ތެރޭގައެވެ. އެމީހުންނަށް ހޭލެވުމުން އީސާގެފާނުގެ ނޫރުފުޅާއި އަދި އެކަލޭގެފާނާއި އެކުގައިވާ ދެބޭކަލުން ފެނުނެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.
ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.
މާތްސާހިބާ އީސާ އަލްމަސީޙުގެ ކުޅެދުންތެރިކަމުގެ ވާހަކަ އާއި އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއިމެދު އަހަރެމެން ތިޔަބައިމީހުންނަށް ބުނެދޭ ވާހަކަތަކަކީ ހަދަހަދައިގެން އަހަރެމެންގެ ޙިކުމަތުން ބުނެދޭ ވާހަކަތަކެއްނޫނެވެ. އެކަލޭގެފާނުގެ ޢިއްޒަތްވަންތަކަމުގެ ސާބިތު ހެކި އަހަރެމެންގެ ލޯތަކަށް ވަނީ ފެނިފައެވެ.
އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.