Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:28 - ކިތާބުލް މުޤައްދަސާ

28 މީގެ ގާތްގަނޑަކަށް އަށް ދުވަސް ފަހުން އީސާގެފާނު ޕަތަރަސްއާއި ޔާމިޒު އާއި ޔޫޙަންނާ ގޮވައިގެން ދުޢާ ކުރެއްވުމަށްޓަކައި އުސް ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:28
18 ပူးပေါင်းရင်းမြစ်များ  

އެންމެހައި މީސްތަކުން އެތަނުން ދިއުމުން އެކަލޭގެފާނު ދުޢާކުރެއްވުމަށް ޓަކައި ފަރުބަދަ މައްޗަށް ވަޑައިގަތެވެ. އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ. އަދި އެތަނުގައި އީސާގެފާނު ހުންނެވީ އެކަންޏެވެ.


އީސާގެފާނަށް އެއްވެފައި ތިބި މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު ފަރުބަދައިގެ މައްޗަށް އަރާވަޑައިގެންނެވުމަށް ފަހު އިށީނދެ ވަޑައިގަތެވެ. އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައެވެ.


ޖެހިގެން އައި ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި އިރު އެރުމުގެ ކުރިން އީސާގެފާނު ތެދުވެ ވަޑައިގެން އެ ގެއިން ނުކުންނެވިއެވެ. އެ ކަލޭގެފާނު ވަޑައިގެންނެވީ އަވަށާއި ދުރުގައިވާ އެކަހެރި ހިސާބަކަށް ދުޢާ ކުރެއްވުމަށެވެ.


މީސްތަކުންނާ ވަދާޢު ކުރެއްވުމަށް ފަހު ދުޢާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ގިނިކަންޏާ ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ.


ޔަޙުޔާގެފާނު ޖަލަށް ލުމުގެ ކުރިން މީސްތަކުން ޔަޙުޔާގެފާނުގެ އަރިހަށް އައިސް ތައުބާގެ ހިނެވުމުން ހިނައިގަންނަމުން ދިޔައިރު އީސާގެފާނު ވެސް އެތަނަށް ވަޑައިގެން ހިނައިގަތެވެ. އަދި ހިނައިގަތުމަށް ފަހު އީސާގެފާނު ދުޢާފުޅު ކުރައްވަނިކޮށް އުޑު ހުޅުވިގެން ދިޔައެވެ.


މިހެން ކަންތައްތައް ހުރި ނަމަވެސް އީސާގެފާނު ވަރަށް ގިނަގިނައިން އެކަހެރި ތަންތަނަށް ވަޑައިގެން ދުޢާފުޅު ކުރެއްވުން މަތީ ވަގުތު ހޭދަކުރެއްވިއެވެ.


މި ދުވަސްތަކުން ދުވަހެއްގައި އީސާގެފާނު ފަރުބަދަތަކުގެ ތެރެއަށް މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުން މަތީ ރޭގަނޑު ހޭދަކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އެތައްބަޔަކު ވެސް އެތަނުގެ ވަކި ހިސާބަކަށް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.


އީސާގެފާނު ޖައިރުސްގެ ގެއަށް ވަޑައިގަތް އެކުއްޖާ އޮތް ކޮޓަރި ތެރެއަށް ވަދެ ވަޑައިގެންނެވިއެވެ. އަދި ޕަތަރަސް އާއި ޔޫޙަންނާ އާއި ޔާމިޒު އާއި އެކުއްޖާގެ މައިންބަފައިން ފިޔަވާ އެހެން އެއްވެސް މީހަކު އެތަނަށް ނުވަނުމަށް އެންގެވިއެވެ.


އެއްފަހަރަކު އީސާގެފާނު އެކަހެރި ތަނަކަށް ވަޑައިގެން ދުޢާކުރެއްވުމުގައި އިންނެވިއެވެ. އީސާގެފާނު އެކަލޭގެފާނާއި އެކުގައި ވީ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މީސްމީހުން ބުނާ ގޮތުގައި އަހަރެންނަކީ ކާކު؟⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި ހުރި ކުޑަ ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގެން އިށީނދެވަޑައިގަތެވެ.


އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.


މާތްސާހިބާ އީސާ އަލްމަސީޙުގެ ކުޅެދުންތެރިކަމުގެ ވާހަކަ އާއި އެކަލޭގެފާނު އެނބުރި ވަޑައިގަތުމާއިމެދު އަހަރެމެން ތިޔަބައިމީހުންނަށް ބުނެދޭ ވާހަކަތަކަކީ ހަދަހަދައިގެން އަހަރެމެންގެ ޙިކުމަތުން ބުނެދޭ ވާހަކަތަކެއްނޫނެވެ. އެކަލޭގެފާނުގެ ޢިއްޒަތްވަންތަކަމުގެ ސާބިތު ހެކި އަހަރެމެންގެ ލޯތަކަށް ވަނީ ފެނިފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ