Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:27 - ކިތާބުލް މުޤައްދަސާ

27 އަހަރެން ބުނަންތަ؟ މިތާ މިތިބި މީސްތަކުންގެ ތެރެއިން ބަޔަކު ވެސް މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު މެދުވެރިކޮށް މާތްރޫޙުފުޅުގެ ބާރުގައި މި ދުނިޔޭގެ މައްޗަށް ވެރިކަން ހިންގަވާތަން ދެކިފައި ނޫނީ މަރެއްނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:27
11 ပူးပေါင်းရင်းမြစ်များ  

އަހަރެން މިބުނަނީ ތެދެއް. މިތަނުގައި މިތިބަ މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން މަރުވުމުގެ ކުރިން އިންސާނާގެ ދަރިކަލުންގެ ރަސްކަން ދެކެފައިމެ ނޫނީ މަރެއް ނުވާނެ!⁠“


އަހަރެން ތެދަށް ބުނަންތަ؟ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ތާޒާ ބުއިމެއް ބުއިމުގެ ކުރީގައި އަހަރެން ދެނެއް މިފަދަ ބުއިމެއް ނުބޯނަން.⁠“


އަދި އެކަލޭގެފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”⁠އަހަރެން ބުނަންތަ؟ މިތަނުގައިމިވާ މީސްތަކުންގެ ތެރެއިން ބަޔަކު މާތްރަސްކަލާނގެ ރަސްކަންފުޅު މަތިވެރި ގަދަބާރުފުޅަކާއެކު އަންނަތަން ދެކެފައި ނޫނީ މަރެއްނުވާނެ.⁠“


މާތްރޫޙުފުޅު އޭނާއަށް ހާމަކޮށްދެއްވީ މާތްރަސްކަލާނގެ ފޮނުއްވާނެ ޚާއްސަ ބޭކަލުން ކަމުގައި ވީ އަލްމަސީޙު ނުދެކި އޭނާ މަރުނުވާނޭ ކަމުގައެވެ.


އަހަރެން ކަލޭމެންނަށް ޔަޤީން ކޮށް ބުނަން. މާތްރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގައި ގާއިމު ވުމުގެ ފަހުން ނޫނީ އަހަރެން މިބުއިން އަލަކުން ނުބޯނަން.⁠“


އަހަރެންގެ ބައްޕާފުޅުގެ ގޭގައި އެތައް ބައިވަރު ކޮޓަރިތަކެއް ހުރޭ. އަހަރެން މިދަނީ ތިޔައިގެ ތެރެއިން ކޮންމެ މީހަކަށް ތަނެއް ތައްޔާރުކުރުމަށް. މިއީ ތެދެއް ނޫންނަމަ އަހަރެން މިފަދައަކުން ނުބުނީމުސް.


ނަމަވެސް ހަމަ ޔަޤީން، އަހަރެން މިދަނީ ކަލޭމެންނަށް ރަނގަޅަކަށް. އެއީ އަހަރެން ނުދަނީސް މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ކަލޭމެންނަށް އެހީތެރިވުމަށް ކަލޭމެންގެ ގާތަކަށް ނާދެވޭނެ. ނަމަވެސް އަހަރެން ދިޔުމަށް ފަހު އެ މާތްރޫޙުފުޅު ކަލޭމެންގެ ގާތަށް އަހަރެން ފޮނުވާދޭނަން.


އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.


އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ