25 މީހަކަށް އޭނާގެ ފުރާނަ ގެއްލިއްޖެނަމަ އޭނާއަށް މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެކަމުން ހުރީ ކޮންފައިދާއެއް؟
މުޅި ދާ މަސްތަކުން ފުރިފައިވުމުން އެ މަސްވެރިން ދާ ދަމާފައި ގޮނޑު ދޮށުގެ އައްސޭރިފަށަށް ދާ ގެނައި. އަދި އެތަނުގައި އިށީނދެ ތިބެ ރަނގަޅު މަސްތައް ވަށިގަނޑަށް އަޅަމުން ގެންދިޔަ. އަދި ބޭކާރު މަސްތައް އުކަމުން ގެންދިޔަ.
އަދި ނުބައި މީސްތަކުން އެއްކޮށް އެމީހުން ރޯކޮށްފައިވާ ބޮޑު އުނދުނެއްގެ ތެރެއަށް އެއްލައިލެވޭނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.“
މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟
މީހަކުގެ ޙަޔާތް ގެއްލިއްޖެ ނަމަ މުޅި މި ދުނިޔެއިން އޭނާއަށް ޙާސިލުވާނެ އެއްޗެއް އޮންނާނެތަ؟ ހަމަ ޔަޤީނުން ވެސް ނުއޮންނާނެ!
(ޔުދާސް މި ކުރި ނުބައިކަންތަކުގެ އަގެއްގެ ގޮތުން ލިބުނު ފައިސާއިން އޭނާ ބިމެއްގަތެވެ. އޭނާ އެ ބިމުގެ ތެރެއަށް ވެއްޓި ހަށިގަނޑު ފަޅަފަޅައިގެން ގޮސް ގޮހޮރު ބޭރަށް ނުކުމެ ވަގުތުން މަރުވިއެވެ.
ޔުދާސް ޚިޔާނާތްތެރި ވި. އޭނާއާ މެދު ކަންތައް ވާންވީ ފަދައިންވެ ނިމި ހިނގައްޖެ. ޔުދާސްގެ ބަދަލުގައި މަންދޫބެއްގެ ގޮތުން މާތް ސާހިބާ އެންގެވި ކަންތައްތައް ކުރުމަށް، މި ދެމީހުންގެ ތެރެއިން ޢައްޔަން ކުރެއްވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.“
އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.