Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:22 - ކިތާބުލް މުޤައްދަސާ

22 އީސާގެފާނު ވިދާޅުވިއެވެ. ”⁠ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އަހަރެން ބުނާ ބަސް ގަބޫލުނުކޮށް އަދި އެމީހުންގެ އަތުން އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަންނަށް އެތައް އަނިޔާއެއް ލިބޭނެ. އަދި އަހަރެން މަރާލެވޭނެ. ނަމަވެސް މަރުވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަހަރެން އަލުން ދިރުއްވޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:22
24 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


އަހަރެން ބުނަންތަ؟ އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އެކަމަކު އެކަލޭގެފާނަކީ ކާކުކަމެއް އެމީހުންނަކަށް ނޭނގުނު. އެމީހުން އެކަލޭގެފާނާއި މެދު އަމަލުކުރީ އެމީހުން ހިތަށްއެރި ގޮތަކަށް. އިންސާނާގެ ދަރިކަލުންނާއި މެދު ވެސް ކަންތައްތައް ކުރެވިގެންދާނީ ހަމަ އެފަދައިން. ހަމަ އެމީހުން އިންސާނާގެ ދަރިކަލުންނަށް އުނދަގޫތަކާއި ވޭން ތަހައްމަލު ކުރަން ޖައްސާނެ.⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީގައި ވީހިނދު އެކަލޭގެފާނު އަސްޙާބީންނަށް އެއްދުވަހަކު ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ.


އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”⁠ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’⁠ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.⁠‘


އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މިހެން އުގަންނަވައި ދެއްވަން ފެއްޓެވިއެވެ. ”⁠އިންސާނާގެ ދަރިކަލުން ބޮޑެތި ތަދާއި ވޭން އުފުލަން ޖެހޭނެ. ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންގެ އިތުރުން ދީނުގެ ދަންނަބޭކަލުން އަހަރެންނާ ދެކޮޅުވެރިވެ އަހަރެން މަރާލާނެ. އެހެނަސް ތިން ދުވަސް ފަހުން އަލުން ފުރާނައެޅި ދިރިގެން އަންނާނަން.⁠“


ސަބަބަކީ އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ގިނަ ވަގުތު ހޭދަ ކުރައްވާ އެބޭކަލުންނަށް އުނގަންނައި ދެއްވުމަށްޓަކައެވެ. އެގޮތުން އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރިވެ މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވި، އޭނާ މަރާލެވޭނެ. އަދި އޭގެ ތިން ދުވަސް ފަހުން އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“


ނަމަވެސް އޭގެކުރިން އެކަލޭގެފާނު މިޒަމާނުގެ މީސްތަކުންގެ އަތް ދަށުގައި އެތައް އަނިޔާތަކެއް ބަރުދާސްތު ކުރަން ޖެހޭނެ. އަދި އެމީހުން އެކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލެއް ނުކުރާނެ.


މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު އެކަލޭގެފާނުގެ މަތިވެރިކަމާއި ކީރިތިކަމާއި އެކު ވަޑައިގެންނެވުމުގެ ކުރިން މިފަދައިން އަނިޔާ ލިބޭނެ ކަމުގެ ވާހަކަ ލިޔެވިގެންނެއް ނުވޭ ތަ؟⁠“


ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“


އެކަލޭގެފާނު ވިދާޅުވި: ’⁠އިންސާނާގެ ދަރިކަލުން ފާފަވެރިންގެ އަތް މައްޗަށް ދޫ ކޮށްލެވޭނޭ. އެބައިމީހުން އެކަލޭގެފާނު ސަލީބަށް އަރުވާނޭ. އަދި ތިންވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރުއްވޭނެ.⁠‘⁠“


”⁠އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް ކަނުލާ އަޑުއަހާ: އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން މީސްތަކުންގެ އަތްމައްޗަށް އެމީހުން ހަދާނެ ގޮތެއް ހެދުމަށް ދޫކޮށް ލެވޭނެ.⁠“


އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ