Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:20 - ކިތާބުލް މުޤައްދަސާ

20 ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް ފެންނަ ގޮތުގައި އަހަންނަކީ ކާކު؟⁠“ ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަބޭކަލުން ކަމުގައިވާ އަލްމަސީޙު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:20
20 ပူးပေါင်းရင်းမြစ်များ  

”⁠އަލްމަސީޙާއި މެދު ތިޔަބައިމީހުން ދެކެނީ ކިހިނަކުން؟ އެކަލޭގެފާނަކީ ކޮންފަރާތެއްގެ ދަރިކަލެއް؟⁠“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އަލްމަސީޙަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ ބޭކަލެއް.⁠“


ނަމަވެސް އީސާގެފާނު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަނެއްކާވެސް އުއްތަމަ އިމާމު އީސާގެފާނަށް ބުންޏެވެ. ”⁠ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެ ބާރުފުޅުން އަހަރެން ކަލެއަށް އަމުރުކުރަން: ކަލެއަކީ އަލްމަސީޙު، މާތްރަސްކަލާނގެ ދަރިކަލުން ކަމުގައިވާނަމަ އެކަން އަހަރެމެންނަށް ބުނެދީ!⁠“


އަދި ހަމައެހެންމެ، ތިޔަބައިމީހުންގެ ރަޙުމަތްތެރިންނަށް ތިޔަބައިމީހުން ތަހުނިޔާ ކިޔާ ކަމުގައިވާނަމަ، އަނެކުންނެކޭ ތިޔަބައިމީހުންނެކޭ އެއްވެސް ތަފާތެއް ނުވޭ. ބުދަށް އަޅުކަން ކުރާ މީހުން ވެސް ރަޙުމަތްތެރިންނާއި މެދު ލޯބިކޮށް ހިތާ.


އެހެނަސް އީސާގެފާނު ޖަވާބެއް ނުދެއްވާ ހަނުހިމޭނުން ހުންނެވިއެވެ. އަނެއް ފަހަރު އުއްތަމަ އިމާމު އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”⁠ކަލެއަކީ އަހަރެމެން އަޅުކަންކުރާ މަތިވެރި ފަރާތުގެ ދަރިކަލުން އަލްމަސީޙު ތަ؟⁠“


”⁠ތިޔަބައިމީހުންނަށް ފެންނަ ގޮތުގައި އަހަރެންނަކީ ކާކު؟⁠“ އީސާގެފާނު އެބޭކަލުން ކުރެން އެއްސެވިއެވެ. ޕަތަރަސް ޖަވާދިނެވެ. ”⁠ކަލޭގެފާނީ އަލްމަސީޙު.⁠“


އެމީހުން ބުންޏެވެ. ”⁠ކަލޭ ތިޔައީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައި ވާނަމަ އަހަރެމެން ކުރިމަތީ ބުނެބަލަ.⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން ބުންޏަސް ކަލޭމެން ގަބޫލެއް ނުކުރާނެ.


އެމީހުން ބުންޏެވެ. ”⁠ގިނަ މީހުން ކަލޭގެފާނަކީ ޔަޙުޔާގެފާނޭ ބުނެއުޅޭ. އަނެއްބަޔަކު ކަލޭގެފާނަކީ ނަބީބޭކަލެއް ކަމުގައިވާ އިލްޔާސްގެފާނޭ ބުނެއުޅޭ. އަދި ބައެއްމީހުން ކަލޭގެފާނަކީ އެހެން ވެސް ކުރީގެ ރަސޫލުބޭކަލުންގެ ތެރެއިން އަލުން ދިރިވަޑައިގެންނެވި ކޮންމެވެސް ރަސޫލުބޭކަލެކޭ ވެސް ބުނެއުޅޭ.⁠“


އަންދުރާއި އެތަނުން އެނބުރި ގޮސް ފުރަތަމައިން ވެސް ދިޔައީ އޭނާގެ ބޭބެ ޝަމްއޫނު ހޯދުމަށެވެ. އޭނާ ފެނުމުން އަންދުރާއި ބުންޏެވެ. ”⁠އަހަރެމެންނަށް މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ފެނިއްޖެ.⁠“ ގުރީކު ބަހުން އަލްމަސީޙަށް ކިޔެނީ ކުރިސްޓޮސް އެވެ.


ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


މަރުތާ ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ! ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ދުނިޔެއަށް ފޮނުއްވި ފަރާތް. އަލްމަސީޙަކީ ވެސް މާތްރަސްކަލާނގެ ދަރިކަލުންނަކީ ވެސް ހަމަ ކަލޭގެފާނު. އެކަން އަޅުގަނޑު ގަބޫލުކުރަން.⁠“


ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.


”⁠އަހަރެން ކުރިއްޔާ ކުރި ހުރިހާކަމެއް އެނގޭ މީހަކާ ދިމާވެއްޖެ. އެމީހާ ދެކެން ނިކަން ހިނގާބަލަ. އަނެއްކާ އެމީހާ އެއީ އަލްމަސީޙަށް ވެސް ވެދާނެ ކަން ނޭނގެއެންނު.⁠“


އެމީހުން އެ އަންހެންމީހާއަށް ބުންޏެވެ. ”⁠ފުރަތަމަ އަހަރެމެން އެކަލޭގެފާނު ގަބޫލުކުރީ ކަލޭ ދެއްކި ވާހަކަތަކުގެ ސަބަބުން. ނަމަވެސް މިހާރު އަހަރެމެން އެކަލޭގެފާނު ގަބޫލުކޮށް އީމާން މިވީ އަހަރެމެންގެ އަމިއްލަ ކަންފަތަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން. މިހާރު އަހަރެމެންނަށް މުޅިން ޔަޤީންވެ އެނގިއްޖެ އެކަލޭގެފާނަކީ ދުނިޔޭގެ މީސްތަކުން ދިންނަވާނެ ކަލޭގެފާނުކަން.⁠“


އަދި އަނެއްބަޔަކު ބުންޏެވެ. ”⁠އެކަލޭގެފާނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު.⁠“ އެހެންނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަންނަވާނީ ގަލީލީއަކުންނެއް ނޫން.


ދެން އެމީހުން އެމަގުން ދަތުރުކޮށް ކުރިއަށް ދިޔައިރު އެތާނގައިވާ ފެންގަނޑެއް ފެނުނެވެ. އެވަގުތު މި އިތިޔޯޕިޔާގެ ވަޒީރު ފިލިޕުއަށް ބުންޏެވެ. ”⁠ނިކަން ދެކިބަލާ. މިތާނގައި މި ވަނީ ފެންގަނޑެއް. ވީއިރު އަހަރެން ތައުބާގެ ހިނެވުމުން ހިނައި ނުގަންނަންވީ ކީއްވެ؟⁠“


ނަމަވެސް ޝާއުލް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދިނުމުގައި ހަރުދަނާ ކަމާއެކު ކުރިއަށް ދިޔައެވެ. އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙުކަން ހާމަކޮށްދިނުމަށް އޭނާ ދައްކަމުން ދިޔަ ހެކިތަކުގެ ސާބިތުކަމާއި ތެދުކަމުގެ ސަބަބުން ދިމިޝްޤުގައި އުޅުނު ބަނީއިސްރާއީލު މީހުންނަކަށް އެކަމާ ދެކޮޅަށް ދައްކާނެ ހެއްކެއް ބުނާނެ ބަހެއް ނޭނގުނެވެ.


އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ