Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:12 - ކިތާބުލް މުޤައްދަސާ

12 ހަވީރުގެ ވަގުތުގައި އީސާގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. މިބައިމީހުން އެހެން ތަނަކަށް ފޮނުވާލައްވަން ވީނޫންތޯ؟ އޭރުން މިސަރަހައްދުގެ ކޮންމެވެސް އަވަށަކަށް ނޫނީ ގޮވާން ހައްދާ ދަނޑަކަށް ގޮސް އެމީހުންނަށް ކާނޭ ތަކެތި ގަނެ ނިދާނޭ ތަނެއް ހޯދޭނެ ނޫން ތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:12
13 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނާއިމެދު ކަންތައްތައް ހިނގައިދިޔަ ގޮތުގެ ޚަބަރުފުޅު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން ދޯންޏެއްގައި ފުރާ ވަޑައިގެން އެކަލޭގެފާނު ގިނިކަންޏާ އެކަހެރި ތަނަކަށް ވަޑައިގަތެވެ. ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު ވަޑައިގަންނަވާ ޚަބަރުފުޅު ލިބުމުން އެކިއެކި އަވަށްތަކުން ހިނގާފައި އެކަލޭގެފާނާއި ބައްދަލު ކުރެއްވުމަށް ޓަކައި އައެވެ.


ނަމަވެސް އެ އަންހެނާއަށް އީސާގެފާނު އެއްވެސް ޖަވާބެއް ނުދެއްވާ ހަމަހިމޭނުން ހުންނެވިއެވެ. ވީމާ އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް އާދޭސް ދެންނެވިއެވެ. ”⁠އެ އަންހެނާއަށް މިތަނުން ދިއުމަށް ވިދާޅުވޭ. އެ އަންހެނާ އެއަންނަނީ އަޅުގަނޑުމެންގެ ފަސްފަހަތުން ނުނެއްޓި ހަޅޭއްލަވަމުން.⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަން. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިމީހުންގެ އަތުގައި މިހާރު ކާނޭ އެއްޗެއް ވެސް ނެތް. އެހެންވެ އެމީހުން ބަނޑުހައި ވެފާއިވާ ޙާލުގައި ފޮނުވާލުމަކަށް އަހަރެން ނޭދެމު. އެމީހުން ގެއަށް ދާ މަގުމަތީ ފަހަރެއްގައި ހޭނެތިދާނެ.⁠“


ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު އެރަށަށް ވަޑައިގަންނަވާ ޚަބަރު އިވުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އީސާގެފާނު މިބައިމީހުންނާއި ބައްދަލުވުމުން އުފާފުޅު ކުރެއްވިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު އެބައިމީހުންނާ ވާހަކަ ދައްކަވާ ހެއްދެވިއެވެ. އަދި އެބައިމީހުންގެ ތެރޭގައި ވާހާ ބަލި މީހުންނެއްގެ ބަލި ވެސް ހެޔޮ ކުރައްވާ ހެއްދެވިއެވެ.


ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން މިބައިމީހުންނަށް ކާނޭ އެއްޗެއް ދީ.⁠“ އެބައިމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެން އަތުގައި ވާހާ ވެސް އެއްޗަކީ ދެ މަހާއި ފަސް ބޯރޮށި. ވީއިރު އަޅުގަނޑުމެން މިއެންމެންނަށް ކާން ދޭން ވެއްޖިއްޔާ އެތައް ބައިވަރު ކާތަކެއްޗެއް ގަންނަން ޖެހޭނެ.⁠“


ދެން މިއަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީކަނޑު، ނުވަތަ ތިބޭރިޔަސް ކަނޑުގެ އަނެއްފަރާތަށެވެ.


އަދި މި އުފާވެރިކަމުގައި ދެމިހުންނާނަމެވެ. ސަބަބަކީ އަހަންނާއިމެދު ތިޔަބައިމީހުން ދުޢާ ކުރާނެކަން އެނގޭތީއެވެ. އަދި އީސާ އަލްމަސީޙުގެ މާތްރޫޙުފުޅު އަހަރެންނަށް އެހީތެރިވެދެއްވާ ސަލާމަތް ކޮށްދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ