ލޫކާސް 8:9 - ކިތާބުލް މުޤައްދަސާ9 އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނު ކުރެން ސުވާލު ކުރިއެވެ. ”ތިޔަ ވިދާޅުވެދެއްވި ވާހަކައިގެ މާނައަކީ ކޮބާ ތޯ؟“ အခန်းကိုကြည့်ပါ။ |
އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އަދި މީސްތަކުންގެ ތެރެއިން އެ ވާހަކަފުޅުތައް އަޑުއެހި ބައެއްމީހުންނާއި އެކުގައި އެކަހެރިވެ ވަޑައިގެންނެވި ވަގުތު އެކަލޭގެފާނުގެ އަރިހުގައި އެ މާނަފުން ވާހަކަތައް ތަފުސީލުކޮށް ދެއްވުމަށް އެބައިމީހުން އެދިވަޑައިގަތެވެ. އެ ހިނދު އީސާގެފާނު ޖަވާބު ދެއްވިއެވެ.
ނޯކަރުންނަކަށް އެމީހުންގެ ވެރިމީހާ ކުރަން އުޅޭ ކަންތައްތަކެއް ކިޔައެއް ނުދޭނެ. އަހަރެން ކަލޭމެންނާއި މެދު މިހާރު މިދެކެނީކީ އަހަރެންގެ ނޯކަރުންގެ ގޮތަކު ނޫން. އަހަރެން ކަލޭމެންނާއި ދޭތެރޭ ކަންތައް ކުރަނީ ކަލޭމެންނަކީ އަހަރެންގެ ރައްޓެހިންގެ ގޮތުގައި. އެހެންކަމުން ބައްޕާފުޅު އެންގެވި ހުރިހާ ކަމެއް އަހަރެން ކަލޭމެންނަށް އަންގައިދިނިން.