Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:8 - ކިތާބުލް މުޤައްދަސާ

8 އަދި އޭގެތެރެއިން ބައެއް އޮށް ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު. އަދި މިއޮށްތަކުން ފެޅި ގަސްތަކުން ސަތޭކަ ގުނައަށް އިތުރު ރަނގަޅު އޮށް ލިބުނު.⁠“ އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠ފަހެ ކަލޭމެންގެ ތެރެއިން ކަންފަތް ހުރި މީހަކު ނަމަ މި ވާހަކަ އަޑުއަހާ ވިސްނާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:8
25 ပူးပေါင်းရင်းမြစ်များ  

އެބިމުގައި އިސްޙާޤުގެފާނު ގޮވާން އިންދެވިއެވެ. އެއަހަރު އެކަލޭގެފާނުގެ އިންދެވި ގޮވާމުން ސަތޭކަ ބައި އިތުރަށް ލިބިވަޑައިގަތެވެ. މާތްރަސްކަލާނގެ އެކަލޭގެފާނަށް ރަޙުމަތާއި ބަރަކާތް ލެއްވިއެވެ.


އަޑުއަހާނެ ކަންފަތާއި ބަލާނެ ލޮލަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތެކެވެ.


ބުއްދި ކަމަނާގެ އަޑު އަހާށެވެ. އެކަމަނާގެ އަޑު ގަދަވަމުން ދާން ފަށައިފިއެވެ.


ތިޔަބައިމީހުންގެ ކަންފަތްތަކެއް ހުރިނަމަ، އަހަރެންގެ މި ބަސްތަކުގެ އަޑުއަހާ!


ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.⁠“


އެހެނަސް އަނެއްބައި މީހުންނަކީ ބިމުގައިވާ ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު އޮށްތައް ފަދަ ބައެއް. އެބައިމީހުން މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި ބަލައިގަންނަ، މާތްރަސްކަލާނގެ ބަސްފުޅާމެދު ސާބިތުވެ ތިބި ރަނގަޅު ގޮވާން ލިބޭ ފަދަ ބައެއް. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.⁠“


ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!⁠“


އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި ގޮވާން ލިބުނު. ބައެއް ކުރާގަނޑުތަކުން ތިރީސް ގުނަޔަށާއި ފަސްދޮޅަސް ގުނަޔަށް އޮށްޓަރު ލިބުނު. އަދި އަނެއްބައި ކުރާގަނޑުތަކުން ސަތޭކަ ގުނަޔަށް އޮށްޓަރު ލިބުނު.⁠“


ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!⁠“


އެ ލޮނަކީ ބިންގަނޑަށް ވެސް އަދި ގަސްކާނާއަށް ވެސް ކަމުދާ އެއްޗަކަށް ނުވާނެ. އެ ޖެހޭނީ އުކާލަން. ކަންފަތް ހުރި މީހަކު މިބުނި ބަސްތަކުގެ އަޑުއަހާ.⁠“


ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“


އަނެއް ބައި އޮށް ކަށިގަސްތަކެއްގެ ތެރެއަށް އޮހުނު. މިއޮށްތަކުން ވެސް ގަސް ފެޅި ނަމަވެސް އެގަސްތަކާއި އެކު ހެދުނު ކަށިގަސްތައް މިގަސްތަކަށް ވުރެ ގަދައަށް ހެދުމުގެ ސަބަބުން މިއޮށްތަކުން ފެޅި ގަސްތައް ހެދުމަކަށް ތަނެއް ނުދިން.


އަހަރެމެންނަކީ މާތްރަސްކަލާނގެ އުފެއްދި އުފެއްދެވުމެވެ. އެކަލާނގެ އަހަރެމެން އަލްމަސީޙު އީސާގެފާނާއި ގުޅި އަލުން އުފެއްދެވީ އެކަލާނގެ ކުރައްވަން އެދިވޮޑިގަންނަވާ ހެޔޮކަންތައް ކުރުމަށެވެ. އެއީ އެކަލާނގެ މާކުރީގައި ވެސް އަހަރެމެން ލައްވާ ކުރުވަން ހަމަޖައްސަވާފައިވާ ކަންތައްތަކެކެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


”⁠ކަންފަތް ހުރި މީހަކު ވާނަމަ މި ވާހަކަތައް އަޑުއަހާ!


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތައް ދެވަނަފަހަރަށް މަރާ ކުރިމަތިލާހިނދު އެއްވެސް ވޭނެއް ނުލިބޭނެ.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ