Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:54 - ކިތާބުލް މުޤައްދަސާ

54 އީސާގެފާނު އެތެރެއަށް ވަދެވަޑައިގެން އެކުއްޖާގެ އަތުގައި ހިފާލައްވާ ވިދާޅުވިއެވެ. ”⁠ކޮއްކޯ. ތެދުވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:54
15 ပူးပေါင်းရင်းမြစ်များ  

އެމީހުން ބޭރަށް ނުކުތުމާއި އެކުގައި، އީސާގެފާނު އެ އަންހެން ކުއްޖާ އޮތްތަނަށް ވަދެވަޑައިގަތެވެ. އަދި އެ އަންހެން ކުއްޖާގެ އަތުގައި ހިއްޕެވުމުން އެކުއްޖާ ދިރިގެން ތެދުވިއެވެ. 26


ޝަމްޢޫނުގެ މައިދައިތަ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި އެކަނބުލޭގެ އަތުގައި ހިއްޕަވާ ކޮޅަށް ތެދުކުރުމަށް އެހީތެރިވެ ވަޑައިގަތެވެ. އެ ހިނދު އެކަނބުލޭގެ ހުންފިލައި ރަނގަޅުވިއެވެ. އަދި އެކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.


އީސާގެފާނު އެ ލޯފަންމީހާގެ އަތުގައި ހިއްޕަވައިގެން އެ އަވަށުގެ ބޭރަށް ނުކުމެ ވަޑައިގެންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެ ލޯފަންމީހާގެ ލޮލަށް ކުޅު ޖައްސަވައި އަދި ކުޅުޖެއްސެވި ތަނުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވުމަށް ފަހު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިހާރު ތިބާއަށް އެއްވެސް އެއްޗެއް ފެނޭތަ؟⁠“


ނަމަވެސް އީސާގެފާނު އެ ފިރިހެން ކުއްޖާގެ އަތުގައި ހިއްޕަވާ އެ ކުއްޖާ ކޮޅަށް ނެންގެވުމަށް އެހީތެރިވެ ދެއްވިއެވެ. އަދި އޭނާ ކޮޅަށް ތެދުވިއެވެ.


އީސާގެފާނު ޖައިރުސްގެ ގެއަށް ވަޑައިގަތް އެކުއްޖާ އޮތް ކޮޓަރި ތެރެއަށް ވަދެ ވަޑައިގެންނެވިއެވެ. އަދި ޕަތަރަސް އާއި ޔޫޙަންނާ އާއި ޔާމިޒު އާއި އެކުއްޖާގެ މައިންބަފައިން ފިޔަވާ އެހެން އެއްވެސް މީހަކު އެތަނަށް ނުވަނުމަށް އެންގެވިއެވެ.


މިމީހުން އީސާގެފާނަށް މަލާމާތް ކޮށް ހީ ހެދިއެވެ. އެއީ އެމީހުންނަށް އެކުއްޖާ ވަނީ މަރުވެފައިކަން ޔަޤީން ވާތީއެވެ.


އެވަގުތު އެކުއްޖާގެ ފުރާނަ އެނބުރި އައެވެ. އަދި ހަމަވަގުތުން އޭނާ ކޮޅަށް ތެދުވިއެވެ. ދެން އީސާގެފާނު އެކުއްޖާއަށް ކާއެއްޗެއް ދިނުމަށް ވިދާޅުވިއެވެ.


އީސާގެފާނު ދުޢާކުރައްވައި ނިމިވަޑައިގެން ގޮވާލެއްވިއެވެ. ”⁠ލާޒަރު ނުކުމޭ!⁠“


ބައްޕާފުޅު މީސްތަކުން މަރުވުމަށް ފަހު އަލުން ދިރުއްވާހެން ހަމަ ދަރިކަލުން ވެސް އެދަރިކަލުން ބޭނުންފުޅު މީހަކަށް ދިރުން ދެއްވާނެ.


ޕަތަރަސް އެތާނގައި ތިބި އެންމެންނަށް އެތަނުން ދިއުމަށް އެންގިއެވެ. ދެން ޕަތަރަސް ކަކޫމައްޗަށް ތިރިވެ ދުޢާ ކުރިއެވެ. ދެން ތަބިތާގެ ގަބުރާއި ދިމާއަށް އެނބުރި އޭނާ ބުންޏެވެ. ”⁠ތަބިތާ، ތެދުވޭ.⁠“ އެހެން ބުނުމާއި އެކު ތަބިތާގެ ދެ ލޯ ހުޅުވުނެވެ. އަދި އޭނާއަށް ޕަތަރަސް ފެނުމާއި އެކު ތެދުވެ އިށީނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ