Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:52 - ކިތާބުލް މުޤައްދަސާ

52 އޭރު ބޭރުގައި އެންމެން އެކުއްޖާގެ މަރުގެ ސަބަބުން އަޑުންއަޑު ނަގާ ރޮއި ހިތާމަކޮށް ހަދަން ތިއްބެވެ. އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ރޮއި ހިތާމަކުރާނެ ކަމެއް ނެތް. މިކުއްޖާ މި ވަނީ މަރުވެފަ ނޫން. އޭނާ އެވަނީ ނިދާފަ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:52
14 ပူးပေါင်းရင်းမြစ်များ  

ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!⁠“


އިސްރާއީލީން ފަރުބަދައިގެ ބުޑުގައި ތިބެ ބަލާލި އިރު ފަރުބަދައިގެ ކުންނުގައި މާތްރަސްކަލާނގެ ނޫރުފުޅު އަލިފާން ހުޅުގަނޑެއް ހެން ފެންނަން ހުއްޓެވެ.


’⁠ކަލޭމެންނަށް ޓަކައި އަހަރެމެން މިޔުޒިކް ކުޅެދިނީމޭ. ނަމަވެސް ކަލޭމެން ނުނެށީމެއް ނޫންހޭ. އަހަރެމެން ހިތާމަވެރި ލަވަ ކިޔަދިނީމޭ. އެހެނަސް ކަލޭމެން ނުމެ ރުއީމެއް ނޫންހޭ!⁠‘


އީސާގެފާނުގެ ފަހަތްޕުޅުން އެތައް ހާސް ބަޔަކު ދިޔައެވެ. މިމީހުންގެ ތެރޭގައި ރޮމުން ހިތާމަ ކުރަމުން ދިޔަ ބައެއް އަންހެނުން ވެސް ހިމެނުނެވެ.


މިތަނަށް އެއްވެ ތިބި މީސްތަކުންނަށް ކަންތައްތައް ހިނގާދިޔަ ގޮތް ފެނި އެކަމާ ލަދު ގަނެ ވަރަށް ބޮޑަށް ހިތަށް އަސަރު ކޮށް ރޮމުން ގިސްލަމުން އެނބުރި އެބައިމީހުންގެ ގޭގެއަށް ހިނގައްޖެއެވެ.


އީސާގެފާނު ޖައިރުސްގެ ގެއަށް ވަޑައިގަތް އެކުއްޖާ އޮތް ކޮޓަރި ތެރެއަށް ވަދެ ވަޑައިގެންނެވިއެވެ. އަދި ޕަތަރަސް އާއި ޔޫޙަންނާ އާއި ޔާމިޒު އާއި އެކުއްޖާގެ މައިންބަފައިން ފިޔަވާ އެހެން އެއްވެސް މީހަކު އެތަނަށް ނުވަނުމަށް އެންގެވިއެވެ.


މިމީހުން އީސާގެފާނަށް މަލާމާތް ކޮށް ހީ ހެދިއެވެ. އެއީ އެމީހުންނަށް އެކުއްޖާ ވަނީ މަރުވެފައިކަން ޔަޤީން ވާތީއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ބަލީގެ ނަތީޖާއަކީ ލާޒަރުގެ މަރުވުމެއް ނޫން. އެކަން އެފަދައިން އެވަނީ އެކަމުން މާތްރަސްކަލާނގެ ނަންފުޅަށް ޖަލާލުވަންތަކަން ލިބި، މާތްރަސްކަލާނގެ ދަރިކަލުންނަށް ވެސް އެކަމުގެ ސަބަބުން ޖަލާލަތު ލިބިގެން ދިއުމަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ