Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:48 - ކިތާބުލް މުޤައްދަސާ

48 އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ދައްތާ! ދައްތަގެ އީމާންކަމުގެ ސަބަބުން ދައްތައަށް ތިޔަވަނީ ރަނގަޅުވެފަ. ހިތް ހަމަޖެހި އުފާކުރޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:48
15 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ޔަޘްރޫ ގާތަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ ތިމާގެމީހުންގެ ހާލު ބަލާލަން ގޮސްފައި އައުމުގެ ހުއްދަ ދެއްވާ. މިހާރު އެމީހުން ދުނިޔޭގައި ތިބި ނެތް ކަމެއް ވެސް ނޭނގެ.⁠“ ”⁠ސަލާމަތް ކަމާއެކު ދޭ!⁠“ ޔަޘްރޫ ބުންޏެވެ.


އެކަލޭގެފާނު ނިކަމެތިންގެ ހިތުގައިއެއް ނުޖައްސަވާނެއެވެ. ބަލިކަށި ހޯލިކޮޅެއް ފަދަ މީހުންނާއި މެދު އެކަލޭގެފާނު މަޑުމޮޅިވެގެންވާނެއެވެ. އަލިފާން ކަންޏެއް ހާ މިންވަރުގެ އީމާންތެރިކަން ވީ މީހަކަށް ވެސް އެކަލޭގެފާނު ހިތްވަރު ދެއްވާނެއެވެ. އެކަލޭގެފާނު ކާމިޔާބު ކުރައްވައި އިންސާފު ގެނައުމަށް ދާންދެން އެކަލޭގެފާނު އެފަދައިން ކަންތައް ކުރައްވާނެއެވެ.


އެއަށް ފަހު އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”⁠ތިބާ އެނބުރި ގެއަށްދޭ. ތިބާގެ އީމާންތެރިކަމުގެ ސަބަބުން ތިބާގެ ނޯކަރުގެ ބަލި ރަނގަޅުވާނެ.⁠“ ހަމަ އެހިނދު، އެ އޮފިސަރުގެ ނޯކަރުގެ ބަލި ފަސޭހަވިއެވެ.


އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


އީސާގެފާނު ފަސްއެނބުރި ބައްލަވާލައްވައި އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ، ހިތްވަރުކުރޭ! ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން ކަނބުލޭގެ ބަލި މިހާރު ތިޔަވަނީ ފަސޭހަވެފައި!⁠“ އެހިނދު އެ އަންހެނާގެ ބަލި ފަސޭހަ ވެއްޖެއެވެ.


އީސާގެފާނު މި ކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ކަނބުލޭގެ ބަލި ފަސޭހަވެފައި ތިޔަވަނީ ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން. ސުލްޙަވެރި ކަމާއެކުގައިދޭ. އަދި އެ އުނދަގުލުން ތިޔަ ވަނީ މިނިވަންކުރެވިގެން.⁠“


އެކަލޭގެފާނު މިމީހާއަށް ވިދާޅުވިއެވެ. ”⁠ތެދުވޭ. އަދި ކަލޭގެ މަގުގައި ކުރިއަށް ދޭ. ކަލޭގެ ބަލި ހެޔޮވެފައި ތިޔަވަނީ ކަލޭ އީމާންވީތީ.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ލޮލަށް އަލިކަން ލިބިގަނޭ. ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭގެ ލޯ ތިޔަ ވަނީ އަލިވެފަ.⁠“


އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި. ހިތްހަމަޖެހިގެން ދޭ!⁠“


މިއަންހެންމީހާއަށް މިތަން ފެނުމުން ނޭނގި ނުދެވޭނެކަން އެނގުމުން ބިރުން ތުރުތުރު އަޅަމުން އައިސް އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ. އަދި އެންމެންގެ ކުރިމަތީގައި އޭނާ އީސާގެފާނުގެ ގައިކޮޅުގައި އަތްލީ ކީއްވެގެން ކަމާއި އަދި ހަމަ ވަގުތުން އޭނާގެ ބަލި ފަސޭހަވީ ގޮތުގެ ވާހަކަ ކިޔަދިނެވެ.


ޕައުލް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުގެ ވާހަކަތައް ދައްކަމުން ދިޔަ އިރު މީނާ ވަރަށް ކަނުލާ އެ ވާހަކަތައް އަޑު އަހަން އިނެވެ. ޕައުލް އޭނާ އާއި ދިމާލަށް ވަރަށް ފަރުވާވެ ބެލިއެވެ. އަދި އޭނާގެ ހިތުގައި އީސާގެފާނުގެ މައްޗަށް އީމާންކަން ވާތީ އީސާގެފާނު އޭނާއަށް ޖެހިފައިވާ ވާބަލިން އޭނާ ސަލާމަތް ކޮށްދެއްވާނެކަން ޕައުލްއަށް އެނގުނެވެ.


އަހަރެމެންނަށް މި އިވެނީ އިސްވެ ދިޔަ މީހުންނަށް ވެސް އިވުނު ހެޔޮޚަބަރުފުޅެވެ. އެމީހުންނަށް އެ ރިސާލަތުގެ އަޑު އިވުމުން ވެސް ވީ ރަނގަޅެއް ނެތެވެ. އެހެނީ އެމީހުން އެ ރިސާލަތު އަޑު އެހުމަށް ފަހު ވެސް ގަބޫލުކޮށް އީމާނެއް ނުވިއެވެ.


ޢާލީ ޖަވާބުދިނެވެ. ”⁠ސަލާމަތް ކަމާއެކު ދޭ! އިސްރާއީލުގެ ވެރި މާތްކަލާނގެ ކަލޭގެ ދުޢާ އިޖާބަ ކުރައްވާށި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ