Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:47 - ކިތާބުލް މުޤައްދަސާ

47 މިއަންހެންމީހާއަށް މިތަން ފެނުމުން ނޭނގި ނުދެވޭނެކަން އެނގުމުން ބިރުން ތުރުތުރު އަޅަމުން އައިސް އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ. އަދި އެންމެންގެ ކުރިމަތީގައި އޭނާ އީސާގެފާނުގެ ގައިކޮޅުގައި އަތްލީ ކީއްވެގެން ކަމާއި އަދި ހަމަ ވަގުތުން އޭނާގެ ބަލި ފަސޭހަވީ ގޮތުގެ ވާހަކަ ކިޔަދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:47
18 ပူးပေါင်းရင်းမြစ်များ  

އެ އަންހެނުން އަވަހަށް އެ ޒިޔާރަތް ދޫކޮށް ދިޔައެވެ. އެބައިމީހުން ތިބީ ވަރަށް ބިރުންނެވެ. އެހެނަސް އެބައިމީހުން ނުހަނު އުފާ ވެސް ވިއެވެ. އެ ބައިމީހުން ދުވެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް ހިނގައި ދިޔަ މި ޙާދިސާތަކުގެ ވާހަކައިން ޚަބަރު ދިނުމަށް ނިންމިއެވެ.


މި އަންހެނާއަށް އޭނާއަށް މިދިމާވި ކަންތައް އެނގި، ބިރުން ފިތްކަނޑައިގެންދާ ޙާލުގައި އެކަލޭގެފާނުގެ އަރިހަށްއައިސް، ފައިންޕުޅު މައްޗަށް ވެއްޓި ކަން ހިނގިގޮތް ތެދުބަހުން ދެންނެވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކޮންމެވެސް މީހަކު އަހަރެންގެ ގައިގައި އަތްލައިފި. އެއީ އަހަރެންގެ ހަށިގަނޑުން ބާރު ބޭރުވެގެން ދިޔަ ކަން އަހަރެންނަށް އިހުސާސް ވެއްޖެ.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ދައްތާ! ދައްތަގެ އީމާންކަމުގެ ސަބަބުން ދައްތައަށް ތިޔަވަނީ ރަނގަޅުވެފަ. ހިތް ހަމަޖެހި އުފާކުރޭ.⁠“


ދެން ޖަލުބަލަހައްޓާ މީހާ ބައްތިއެއް ދިއްލައިގެން ގެންނަން އެންގިއެވެ. އެބައްތި ގެނައުމުން އޭނާ ޖަލުތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް ތުރުތުރު އަޅަމުން ޕައުލް އާއި ސިލާހުގެ ފައިދަށަށް ތިރިވިއެވެ.


މާގޭ އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! ތިޔަބައިމީހުންނާއި އެކުގައި އަހަރެން ވީހިނދުގައި މާތްރަސްކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންތެރި ވިއެވެ. ހަމައެފަދައިން ތިޔަބައިމީހުންނާއި ދުރުގައި އަހަރެން މި ވޭތުކުރާ ހިނދު ކިޔަމަންތެރި ކަމުގެ އިންތިހާގައި ވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ދިންނެވުން ދެއްވައި ސަލާމަތް ކޮށްދެއްވިއެވެ. އެކަމާމެދު ތިޔަބައިމީހުން ކިޔަމަންތެރިވެ، ޚާލިސްކަމާއެކު އެކަލާނގެއަށް ބިރުވެތިވެ ކުރިއަށްދާށެވެ.


ބުރުއްސާ ނުލެވޭނެ ފަދަ ރަސްކަމެއް އަހަރެމެންނަށް ލިއްބައިދެއްވި ކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭނެއެވެ. އަދި އަހަރެމެން ޚުޝޫއަތްތެރިކަމާއި ތަޤުވާވެރިކަމާއެކު އެކަލާނގެ ރުހިވޮޑިގަންނަވާނެ ފަދައަކުން އަޅުކަން ކުރަމާ ހިނގާށެވެ.


ޞަމޫއީލްގެފާނު މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ބައިތުލަޙަމަށް ވަޑައިގަތުމުން ބައްދަލު ކުރުމަށް ދިޔަ އެރަށުގެ ބޮޑުން ބިރުން ތުރުތުރުލައިގަތެވެ. ”⁠ކަލޭގެފާނު ތިޔަ ވަޑައިގެންނެވީ އަމާންކަން މަތީގައި ތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ