Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:43 - ކިތާބުލް މުޤައްދަސާ

43 އެމީސްތަކުންގެ ތެރޭގައި މެދު ކެނޑުމެއްނެތި ލޭ ފައިބާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު ވިއެވެ. އެއްވެސް މީހަކަށް އޭނާގެ ބަލި ފަސޭހަ ކުރެވޭނޭ ގޮތެއް ވަނީ ނުވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:43
22 ပူးပေါင်းရင်းမြစ်များ  

އެއީ އެބައިމީހުން ހުށަހެޅި ފައިސާ އަކީ އެބައިމީހުންގެ މުއްސަނދިކަމުގެ ސަބަބުން ބޭނުން ނުކުރެވި އިތުރުވެފައިވާ ފައިސާ. އެހެނަސް އެ ހުވަފަތް ކަނބުލޭގެ ހުށަހެޅި ފައިސާ އަކީ އެކަނބުލޭގެ ހައިހޫނުކަމުގައި ހުރެ ދިން އަތުގައި އޮތް ހަމައެކަނި ދެ ފައިސާ ފޮތި. އަދި އެއީ އެކަނބުލޭގެ އަތުގައިވީ ހުރިހާ ފައިސާއެއް ވެސްމެ.⁠“


ކޮންމެ ވަގުތެއްގައި ވެސް ޖިންނި އޭނާއަށް ޙަމަލާ ދީ ބިންމައްޗަށް ވައްޓާލާފާނެ. އަދި އޭނާގެ ދަތްޕިލާޖެހި މުޅި އަނގައިން ފޮނު އެރުވުމުގެ އިތުރުން މުޅި ހަށިގަނޑަށް ބާރެއް އަރައި ހަރުދަނޑި ވެއްޖެ. އަޅުގަނޑު ކަލޭގެފާނުގެ އަސްޙާބީންގެ އަރިހުން ވެސް މި ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވުމަށް އެދި ދެންނެވިން. ނަމަވެސް އެބޭކަލުންނަށް އެކަން ކޮށްދެއްވުން ނުކުޅެދިގެންވި.⁠“


ޖިންނީންގެ ސަބަބުން ހަށިގަނޑު ލެނބި ކޮއްޅުން ނުހުރެވޭ ވަރުގެ ބަލި ހާލު ޖެހިފައިވާ އަންހެނަކު އެތާނގައި ވިއެވެ. މިމީހާއަކީ މިބަލި ހާލުގައި ވާތާ އަށާރަ އަހަރުވެފައިވީ މީހަކު ކަމުގައި ވިއެވެ.


މިކަނބުލޭގެއީ ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހެއް. އޭނާ ޝައިތާނާގެ ބާރުގެ ދަށުގައި ވީތާ އަށާރަ އަހަރުގެ ދިގު މުއްދަތެއް ވޭތުވެއްޖެ. ވީއިރު ސަބަތުގެ ދުވަހުގައި ވިޔަސް ހަމަޔަޤީނުން ވެސް އޭނާ އެކަމުން މިންޖުކޮށް މިނިވަން ކުރުމަކީ ނުބައިކަމެއް ތަ؟⁠“


އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ. އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ.


އެއީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭރު ވަނީ މަރަށް ހާޒިރުވެފައެވެ. އެކުއްޖާއަކީ އުމުރުން ގާތްގަނޑަކަށް ބާރަ އަހަރުގެ ކުއްޖެކެވެ. އީސާގެފާނު މިމީހާއާއިއެކު ވަޑައިގަންނަވަނިކޮށް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން ފިތި ބާރުވީ ވަރުން އެކަލޭގެފާނަށް ހިނގައި ވަޑައިގަތުމަށް ވެސް ދަތިފުޅުވެ ވަޑައިގެންނެވިއެވެ.


އޭނާ އީސާގެފާނުގެ ފަހަތްޕުޅުން އައިސް އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ސާލު ކޮޅުގައި އަތް ޖައްސާލިއެވެ. ހަމައެވަގުތު އޭނާގެ ލޭ ފޭބުން ހުއްޓިއްޖެއެވެ.


އީސާގެފާނު މަގުމަތިން ހިންގަވައި ވަޑައިގަންނަވަނިކޮށް އުފަންވީއްސުރެން ލޮލަށް ނުފެންނަ މީހަކު ފެނިވަޑައިގަތެވެ.


އެކަމަކު މިހާރު އޭނާގެ ލޮލަށް އެ ފެންނަނީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އަދި އޭނާގެ ލޮލަށް ފެންނަ ގޮތް ހަދާދިނީ ކާކުކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އޭނާއަކީ ތަސައްރަފުފުދި ބޮޑުވެފައިހުރި މީހެއް. ވީމާ ތިޔަބޭފުޅުން އޭނާ ކުރެން ސުވާލުކޮށް އޮޅުންފިލުއްވަ ބައްލަވަ.⁠“


ބައިތުލް މަޤްދިސްގެ އެއް ދޮރާށި ކަމުގައި ވީ ރީތި ދޮރާއްޓޭ ކިޔުނު ދޮރާށި ކާރީގައި ވިހޭއްސުރެން ދެ ފައި ވާވެފައިވީ މީހަކު ވިއެވެ. ކޮންމެސް މީހަކު މިމީހާ ކޮންމެ ދުވަހަކު ވެސް އެތަނަށް ގެނެއެވެ. މިމީހާ އެ ދޮރާށީގެ ކައިރީގައި އިންނަނީ ބައިތުލް މަޤްދިސަށް އަޅުކަން ކުރަން އަންނަ މީހުންނަށް ސަލާން ޖެހުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ