Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:42 - ކިތާބުލް މުޤައްދަސާ

42 އެއީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭރު ވަނީ މަރަށް ހާޒިރުވެފައެވެ. އެކުއްޖާއަކީ އުމުރުން ގާތްގަނޑަކަށް ބާރަ އަހަރުގެ ކުއްޖެކެވެ. އީސާގެފާނު މިމީހާއާއިއެކު ވަޑައިގަންނަވަނިކޮށް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން ފިތި ބާރުވީ ވަރުން އެކަލޭގެފާނަށް ހިނގައި ވަޑައިގަތުމަށް ވެސް ދަތިފުޅުވެ ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:42
15 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އޭނާއާއިއެކުގައި ކުރިއަށް ވަޑައިގެންނެވިއެވެ. އަދި އެއްވެފައިވާ މީސްތަކުންގެ ގިނަކަމާއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން އެމީހުން އައުމުގެ ސަބަބުން މުޅިތަނުގައި މީހުންތައް ފުރިބާރުވެ ކުރިއަށް ވަޑައިގަތުން ވަނީ ދަތިފުޅުވެފައެވެ.


އެކަލޭގެފާނު އެރަށުގެ ދޮރާށި ކައިރިއަށް ވަޑައިގަތް ހިނދު އެތަނުން ބޭރަށް ނުކުންނަ ބަޔަކު މީހުންނާ ދިމާވިއެވެ. އެބައިމީހުންނީ މަރުވެފައިވާ މީހަކު ވަޅުލުމަށްޓަކައި ދިޔަ ބައެކެވެ. މަރުވެފައިވާ މީހާއަކީ ފިރިމަރުވެފައިވާ އަންހެނެއްގެ ހުރި އެންމެ ފިރިހެން ދަރިފުޅެކެވެ. އެރަށުގެ އެތައް ބަޔަކު މިއަންހެން މީހާ އާއި އެކުގައި ތިއްބެވެ.


ދެން އެމީހުންގެ ތެރެއިން ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިޔަކު އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އޭނާޔާއިއެކު އޭނާގެ ގެއަށް ވަޑައިގަތުމަށް އެދި އާދޭސް ދެންނެވިއެވެ.


އެމީސްތަކުންގެ ތެރޭގައި މެދު ކެނޑުމެއްނެތި ލޭ ފައިބާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު ވިއެވެ. އެއްވެސް މީހަކަށް އޭނާގެ ބަލި ފަސޭހަ ކުރެވޭނޭ ގޮތެއް ވަނީ ނުވެފައެވެ.


އެވަގުތު އީސާގެފާނު ވިދާޅުވިއެވެ. ”⁠މަގޭ ގައިގައި އަތް ލީ ކާކު؟⁠“ އެތާނގައި ތިބި އެންމެންމެ އެކަލޭގެފާނުގެ ގައިކޮޅުގައި ނާތްލަން ކަމަށް ބުނުމުން ޕަތަރަސް ދެންނެވިއެވެ. ”⁠ސާހިބާ. މިއެންމެން ވެސް ކަލޭގެފާނުގެ ގައިގައި ބީހިލެވޭތޯ އާ ކަލޭގެފާނާއި ކައިރި ވެވޭ ތޯ އެބަ މަސައްކަތް ކުރޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ