Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:35 - ކިތާބުލް މުޤައްދަސާ

35 އެމީހުން އީސާގެފާނުގެ އަރިހަށް އައިއިރު އެތައް ބައިވަރު ޖިންނިއެއްގެ ސަބަބުން ޖިންނި މޮޔަވެފައި ވީ މީހާ ގައިގައި އަންނައުނު ލައިގެން ބުއްދި ހަމަކަން މަތީ އެތާ އިންތަން ދެކެ މިބައިމީހުން ބިރުގަތެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:35
13 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އަދި އެބައިމީހުންނަށް އީސާގެފާނު ހުންނެވި ހިސާބަށް އާދެވުނު އިރު ޖިންނިތަކުގެ ޝިކާރައަކަށްވެ މޮޔަވެފައިވީ މީހާ އޭނާގެ ޢައުރަ ނިވާކޮށްގެން، ސަލާމަތް ބުއްދީގައި ހެޔޮޙާލުގައި، އެތަނުގައި އިންތައް ފެނި އެބައިމީހުން ބިރުގަތެވެ.


މި މަރުތާގެ މަރިޔަމް އޭ ކިޔާ ކޮއްކޮ އަކު ވިއެވެ. އޭނާ މާތްސާހިބާގެ ކައިރީ އިށީނދެ އެކަލޭގެފާނުގެ ބަސްފުޅުތައް ކަނުލާ އަޑުއަހަން އިނެވެ.


މިހެން ކަންތައް ދިމާވި ހިނދު އޭނާއަށް ވީ ގޮތް ވިސްނި ހޭޖެހި އޭނާ އޭނާގެ އަމިއްލަ ނަފްސަށް ބުނި. ’⁠މަގޭ ބައްޕަގެ ނޯކަރުންނަށް ވެސް އެމީހުންނަށް ނުކެވި ގިނަވާ ވަރަށް ވުރެ ގިނައިން ވެސް ކާން ލިބެއޭ. އެކަމަކު މަ މިތާނގައި މިބަނޑަށް މަރުވަނީއޭ.


އެމީހުން އީސާގެފާނު ހޯއްދަވާތާ ތިންވަނައަށް ވީ ދުވަހު ބައިތުލް މަޤްދިސްގެ ވަށައިގެންވާ ގޯތި ތެރެއިން އެކަލޭގެފާނު ފެނިވަޑައިގަތެވެ. އެކަލޭގެފާނު އިންނެވީ އެތާނގައިވާ ދަންނަބޭކަލުންގެ ބައިގަނޑަކާއި އެކު އެބައިމީހުން ދައްކާ ވާހަކަތައް އަޑު އައްސަވާ އަދި އެބައިމީހުން ކުރެން ސުވާލުތައް ކުރެއްވުމަށެވެ.


އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ. އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ.


މިއޫރުތައް ބަލަހައްޓަން ތިބި މީހުން މިތަންދެކެ އަވަސްއަވަހަށް ރަށުތެރެއަށް ގޮސް މިޚަބަރު ދިނުމުން މީހުންގަނޑު މި ވާ ގޮތެއް ބަލަން އެތަނަށް އައެވެ.


ޕައުލް ބުންޏެވެ. ”⁠އަޅުގަނޑަކީ ސިލީސިޔާގެ ތަރުސުސްއަށް އުފަންވި ބަނީއިސްރާއީލު މީހަކީން. އަޅުގަނޑު އުޅެ ބޮޑު ވީ ޖެރޫސަލަމުގަ. އަޅުގަނޑު ކިޔެވީ ގަމަލީލުގެ އެދުރު ކަމުގެ ދަށުގަ. އެބޭފުޅާގެ އެދުރުކަމުގެ ދަށުގައި އަޅުގަނޑު ބަނީއިސްރާއީލުގެ ދީނީ ގަވާއިދާއި ޤާނޫނުތައް ވަރަށް ފުރިހަމައަށް ދަސް ކުރީން. އަދި ހަމަ ތިޔަބައިމީހުން މިއަދު ތިޔަ ދައްކާ ރޫޙާއި ޖޯޝާއި އެކު އަޅުގަނޑު ވެސް ދީނުގެ ހުރިހާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރީން.


ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ