ލޫކާސް 8:33 - ކިތާބުލް މުޤައްދަސާ33 މި ޖިންނިތައް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެގެން ގޮސް މިއޫރުތަކުގެ ތެރެއަށް ވަދެއްޖެއެވެ. ހަމަވަގުތުން މިއޫރުގެ ބައިގަނޑު އުސްބިމުގެ މަތިން ތިރިއަށް ދުވެފައި ގޮސް ކަނޑުގެ ތެރެއަށް ވެއްޓި ގެނބި މަރުވެއްޖެއެވެ. အခန်းကိုကြည့်ပါ။ |
އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.
ފަރުބަދަމަތީ ހިސާބުގައި ހުއިހެއްޕުމަށް ގެނެވިފައި ވީ އޫރުތަކުގެ ބޮޑުބައިގަނޑެއް އެތާގެ ކައިރީގައި ވިއެވެ. މިޖިންނިތައް އީސާގެފާނަށް އާދޭސްކުރިއެވެ. ”އަހަރެމެން މިއޫރުގެ ބައިގަނޑުގެ ތެރެއަށް ފޮނުވާލަދީ. އަހަރެމެން އެ އެއްޗެތީގެ ތެރެއަށް ވަނުމުގެ ހުއްދަ ދެއްވާ.“ އީސާގެފާނު އޭޗިއްސަށް ހުއްދަ ދެއްވުމުން
ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.