Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:32 - ކިތާބުލް މުޤައްދަސާ

32 ފަރުބަދަމަތީ ހިސާބުގައި ހުއިހެއްޕުމަށް ގެނެވިފައި ވީ އޫރުތަކުގެ ބޮޑުބައިގަނޑެއް އެތާގެ ކައިރީގައި ވިއެވެ. މިޖިންނިތައް އީސާގެފާނަށް އާދޭސްކުރިއެވެ. ”⁠އަހަރެމެން މިއޫރުގެ ބައިގަނޑުގެ ތެރެއަށް ފޮނުވާލަދީ. އަހަރެމެން އެ އެއްޗެތީގެ ތެރެއަށް ވަނުމުގެ ހުއްދަ ދެއްވާ.⁠“ އީސާގެފާނު އޭޗިއްސަށް ހުއްދަ ދެއްވުމުން

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:32
16 ပူးပေါင်းရင်းမြစ်များ  

ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.⁠“


އަދި މިޖިންނިތައް އެތައް ފަހަރެއްގެ މަތިން އީސާގެފާނަށް އާދޭސްކޮށް އަޑިއެއް ނެތް ކަޅުއަނދިރި ވަޅަށް ފޮނުވާނުލެއްވުމަށް އެކަލޭގެފާނުގެ ކިބަފުޅުން އެދުނެވެ.


މި ޖިންނިތައް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެގެން ގޮސް މިއޫރުތަކުގެ ތެރެއަށް ވަދެއްޖެއެވެ. ހަމަވަގުތުން މިއޫރުގެ ބައިގަނޑު އުސްބިމުގެ މަތިން ތިރިއަށް ދުވެފައި ގޮސް ކަނޑުގެ ތެރެއަށް ވެއްޓި ގެނބި މަރުވެއްޖެއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެފަދައިން ހިންމަވައި އެ ބާރު ތިބޭފުޅާއަށް ނުދެއްވި ނަމަ، ތިބޭފުޅާއަކަށް އަޅުގަނޑާ މެދަކު އެއްވެސް ކަމެއް ނުކުރެއްވުނީސް. އެހެންކަމުން އަޅުގަނޑު ތިބޭފުޅާގެ އަރިހަށް ގެނައި މީހާގެ ފާފަ، ތިބޭފުޅާގެ ފާފައަށް ވުރެން މާ ބޮޑު.⁠“


ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.


އެއްހާސް އަހަރު ނިމުމަށް ފަހު، ޝައިތާނާ ހުރަގެއިން މިނިވަން ކުރެވިގެންވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ