Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:31 - ކިތާބުލް މުޤައްދަސާ

31 އަދި މިޖިންނިތައް އެތައް ފަހަރެއްގެ މަތިން އީސާގެފާނަށް އާދޭސްކޮށް އަޑިއެއް ނެތް ކަޅުއަނދިރި ވަޅަށް ފޮނުވާނުލެއްވުމަށް އެކަލޭގެފާނުގެ ކިބަފުޅުން އެދުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:31
14 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ރަސްގެފާނުގެ ވާތްފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ކައިރިން ދުރަށް ދޭ. ކަލޭމެން ވަނީ މާތްރަސްކަލާނގެ ކޯފާގެ ދަށުގައި! ޝައިތާނާ އަށާއި އޭނާގެ ބައިވެރިންނަށް ތައްޔާރު ކުރެވިފައިވާ ނިމުމެއް ނުވާ އަލިފާނުގެ ތެރެއަށް ވެއްޓިގަތުމަށް ދޭ.


މިނުބައި ޖިންނިތަކުގެ ބާރުގެ ދަށުގައި އެމީހާ ވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. މީހުން އޭނާ ހިފަހައްޓައިގެން ގެންގުޅުމަށް ވަނީ އެތައް މަސައްކަތެއް ވެސް ކޮށްފައެވެ. އޭނާގެ އަތާއި ފައިގައި ހިލިހިލާ ވެސް ޖެހިއެވެ. ނަމަވެސް އެޖިންނީންގެ ބާރުން އޭނާ އެހުރިހާ ހިލިހިލާތައް ވެސް ކަނޑާ ހަލާކުކޮށްލައެވެ. ދެން އަނެއްކާ ވެސް އެޖިންނިތައް އޭނާ މީހުން ނޫޅޭ ހިސާބުގަނޑަށް ދިއުމަށް މަޖުބޫރުކޮށް ފޮނުވާލައެވެ. އީސާގެފާނު އެޖިންނިތަކަށް އޭނާ ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. އޭނާއަށް އީސާގެފާނު ފެންނަ އިރަށް ހަޅޭއްލަވަމުން އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓުނެވެ. ދެން އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ބުންޏެވެ. ”⁠އެންމެމަތިވެރިކަލާނގެ ދަރިކަލުން އީސާގެފާނު! ކަލޭގެފާނު އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް؟ އަހަރެން އާދޭސްކޮށްފަބުނަން. އަހަންނަށް އަނިޔާ އެއް ނުދޭތި.⁠“


ފަރުބަދަމަތީ ހިސާބުގައި ހުއިހެއްޕުމަށް ގެނެވިފައި ވީ އޫރުތަކުގެ ބޮޑުބައިގަނޑެއް އެތާގެ ކައިރީގައި ވިއެވެ. މިޖިންނިތައް އީސާގެފާނަށް އާދޭސްކުރިއެވެ. ”⁠އަހަރެމެން މިއޫރުގެ ބައިގަނޑުގެ ތެރެއަށް ފޮނުވާލަދީ. އަހަރެމެން އެ އެއްޗެތީގެ ތެރެއަށް ވަނުމުގެ ހުއްދަ ދެއްވާ.⁠“ އީސާގެފާނު އޭޗިއްސަށް ހުއްދަ ދެއްވުމުން


މި ދެ ހެކިވެރިން މާތްރަސްކަލާނގެ ޚަބަރުފުޅު އިއްވަވައި ނިމުމުން ފޫނެތް ފުން ވަޅުގަނޑުގެ ތެރެއިން ދާއްބައެއް ނުކުމެ، އެ ދެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އަންނާނެއެވެ. އެ ދެމީހުންގެ މައްޗަށް އެދާއްބަ ފަތަޙަ ހޯދައި އެދެމީހުން ގަތުލު ކުރާނެއެވެ.


ތިބާއަށް މިހާރު ތިޔަ ފެންނަ ދާއްބައަކީ އެއްއިރެއްގައި ދިރިއުޅެފައިވާ، އެކަމަކު މިހާރު ދިރިނޫޅޭ އެއްޗެއް. އޭތި ފޫނެތް ފުން ވަޅުގަނޑުން އަލުން ނުކުމެގެން އަންނާނެ. އެކަމަކު އޭތި ނައްތާލެވޭނެ. ބިންމަތީގައި ތިބި އެބައެއްގެ ނަންތައް ޙަޔާތުގެ ފޮތުގައި ލިޔެވިފައި ނުވާ މީހުންނަށް، މިއީ ހައިރާންވާ ވަރުގެ ކަމެއް. އެހެނީ އެފޮތުގައި ލިޔެވިފައިވާ ނަންތަކަކީ ޚަލްޤު ކުރެއްވުމުގެ މާކުރީގައިވެސް ލިޔެވިފައިވާ ނަންތަކެއް. އެމީހުން ހައިރާންވަނީ އެއް އިރެއްގައި ދިރި އުޅެފައިވާ، އެކަމަކު މިހާރު ދިރި ނޫޅޭ ދާއްބައެއް އަލުން ދިރިގެން އަންނަތަން ފެނުމުން.


އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.


އެތަކެތީގެ މައްޗަށް ވެރިކަން ހިންގާ ރަސްކަލަކު ވިއެވެ. އެ ރަސްގެފާނީ ފޫނެތް ފުން ވަޅުގަނޑުގެ އިސްވެރިއެއްގެ ގޮތުގައިވި މަލާއިކަތާ ވެސް މެއެވެ. ޢިބްރާނީ ބަހުން އެ މަލާއިކަތާގެ ނަމަކީ އަބައްދޫން އެވެ. ގުރީކު ބަހުން އަޕައްލިޔޯން އެވެ. މީގެ މާނައަކީ ”⁠ފަނާކުރާ މީހާ⁠“ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ