ލޫކާސް 8:30 - ކިތާބުލް މުޤައްދަސާ30 ދެން އީސާގެފާނު އޭނާ ކުރެން ސުވާލު ކުރިއެވެ. ”ކަލޭގެ ނަމަކީ ކޮބާ؟“ ”އަހަރެންގެ ނަމަކީ ލަޝްކަރު.“ އެޖިންނިތައް މިފަދައިން ޖަވާބުދިނީ އެއީ އެޖިންނިތަކަކީ އެތައް ބައިވަރު ޖިންނިތަކަކަށް ވީތީއެވެ. အခန်းကိုကြည့်ပါ။ |
މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.
އަދި އޭގެ އިތުރުން އީސާގެފާނު ބަލިތަކުން ހެޔޮ ކޮށްދީ ޖިންނީންގެ ފަރާތުން ސަލާމަތް ކޮށްދިން ބައެއް އަންހެނުން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. މިއަންހެނުންގެ ތެރެއިން އެކަކީ މަގްދަލޭނާގެ މީހެއްކަމުގައި ވީ މަރިޔަމް އެވެ. އީސާގެފާނު ވަނީ މި މަރިޔަމް ހަތް ޖިންނީންގެ ފަރާތުން މިންޖު ކޮށްދެއްވާފައެވެ.