Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:3 - ކިތާބުލް މުޤައްދަސާ

3 އެކަލޭގެފާނާއި އެކު އެދަތުރުގައި ވަޑައިގެންނެވި އަނެއް އަންހެނަކީ ހެރޮދު ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ ކަންތައް ބަލަހައްޓާ މީހާ ކަމުގައި ވީ ޗުޒާގެ އަންހެނުން ޔޮއަންނާއެވެ. އަދި ސުޒަންނާ އޭ ކިޔުނު އަންހެނަކާ އެހެން ވެސް އިތުރު މީހުން އެކަލޭގެފާނާއި އެކު ވިއެވެ. މިއަންހެނުން އެމީހުންގެ އަމިއްލަ އެއްޗިއްސާ ފައިސާއިން އީސާގެފާނަށާއި އެދަތުރުގައި ހިމެނުނު މީހުންނަށް އެހީވެދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:3
19 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު ގަލީލީގެ ވެރިޔާ ހެރޮދުއަށް އީސާގެފާނުގެ މަޝްހޫރުކަމާއި ބެހޭ ގޮތުން ޚަބަރު ލިބުނެވެ.


މީގެ ދުވަސްތަކެއް ކުރީގައި ހެރޮދު ވަނީ ޔަޙުޔާގެފާނު ހައްޔަރުކޮށް ގެންގޮސް ޖަލަށްލާފައެވެ. މިފަދައިން ހެރޮދު ކަންތައް ކުރި ސަބަބަކީ ހެރޮދުގެ އަންހެނުން ހެރޯދިޔާސް އަކީ ހެރޮދުގެ ކޮއްކޮ ފިލިޕުގެ ކުރީގެ އަންހެނުން ކަމަށް ވާތީ އެކަމާ ދެކޮޅަށް ޔަޙުޔާގެފާނު ހެރޮދު އާއި ދިމާލަށް މިފަދައިން ވިދާޅުވެފައިވާތީއެވެ. ”⁠ތިބާގެ ކޮއްކޮގެ އަނބިމީހާ އާއި ތިބާ ކައިވެނި ކުރުމަކީ ޤާނޫނާއި ޚިލާފް ކަމެއް.⁠“


ހެރޮދުގެ އުފަންދުވަހު ހެރޯދިޔާސްގެ އަންހެންދަރިފުޅު ހެރޮދަށް ޓަކައި އެންމެންގެ ކުރިމަތީގައި ނަށައި ދިނެވެ. މިކަމާއި ހެރޮދު ނުހަނު ހިތްހަމަޖެހި އުފާ ވިއެވެ.


އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.


ދުވަސް ނިމުމުން، މަސައްކަތްތެރިންގެ ތެރެއިން އިސްކޮށްހުރި މީހާއަށް މޭބިސްކަދުރު ދަނޑުގެ ވެރިޔާ ބުނި. ’⁠މަސައްކަތްކުރި އެންމެންނަށް ގޮވާ. އަދި އެމީހުންނަށް އުޖޫރަވެސް ދީ. ފަށާނީ އެންމެފަހުން އައި މީހާއިން ފެށިގެން އަދި ނިންމާނީ އެންމެ ފުރަތަމަ އައި މީހާއަށް.⁠‘


ރަސްގެފާނު ޖަވާބުގައި ވިދާޅުވާނެ. ’⁠އަހަރެން މިބުނަނީ ތެދެއް. މީސްތަކުންގެ ތެރޭން އަހަރެންނަށް އިމާންވާ އެންމެ ދެރަ މީހާއާ މެދު އެފަދަ ކަމެއް ކުރިޔަސް އެކަމެއް އެކޮށްދެވުނީ އަހަރެންނަށް.⁠‘


ތިޔަބައިމީހުންނާއި އެކުގައި އަބަދުވެސް ފަޤީރުން ވާނެ. ނަމަވެސް ތިޔަބައިމީހުންނާއި އެކުގައި އަބަދަކު އަހަރެންނެއް ނުހުންނާނެ.


ވަރަށް ގިނަ އަންހެނުން އީސާގެފާނާއެކު އެކަލޭގެފާނަށް އެހީތެރި ވުމަށް ޓަކައި ގަލީލީއިން އައެވެ. އެބައިމީހުން މި ހިނގާދިޔަ ކަންތައްތައް ބަލަން ތަންކޮޅެއް ދުރުގައި ތިއްބެވެ.


މިއަންހެނުންނަކީ މަރިޔަމް މަގްދަލޭނާ އާއި ޔޮއަންނާ އާއި އަސްޙާބީއެއް ކަމުގައިވާ ޔާމިޒުގެ މަންމަ މަރިޔަމްއާއި އެމީހުންނާއި އެކީގައި ދިޔަ އެހެން އަންހެނުންނެވެ. މިކަންތައްތަކުގެ ވާހަކަ އީސާގެފާނުގެ މަންދޫބުންނަށް ކިޔައިދިނީ މިމީހުންނެވެ.


ޔުދާސް މިހެން ބުނީ އޭނާ ކޮންމެހެން ފަޤީރުންނާއި ދޭތެރޭ އަޅާލާތީއަކީ ނޫނެވެ. އޭނާއަކީ ވަގެއް ވީމައެވެ. އަސްޙާބީންގެ ފައިސާގެ ކަންތައް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަ އިރު އޭނާ އެ ފައިސާއިން ވަނީ ވައްކަން ކޮށް ހަދައެވެ.


އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.


މީގެ އިތުރުން މި އަވަށުގައި މާތްރަސްކަލާނގެއަށް އީމާންވީ އެންމެހާ ފަރާތްތަކުގެ ތަހުނިޔާ ވެސް ފޮނުވަމެވެ. ވަކިން ޚާއްސަކޮށް މިތަނުގެ އިސް ވެރިއަކަށް ހުރި ކައިސަރު ރަސްގެފާނުގެ ޚާދިމުންގެ ތެރެއިން އީމާންވީ ފަރާތްތަކުގެ ތަހުނިޔާއެވެ.


ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ