Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:27 - ކިތާބުލް މުޤައްދަސާ

27 އީސާގެފާނު ދޯނިން ފައިބައި ވަޑައިގަތް ވަގުތު އެރަށުގެ މީހަކު އީސާގެފާނުގެ އަރިހަށް އައެވެ. މިމީހާއަކީ އެތައް ޖިންނިތަކެއް އަވަލާފާ ވުމުގެ ސަބަބުން މޮޔަވެފައިވާ މީހެކެވެ. އޭނާ ގަޔަށް އެއްޗެއް ނުލާ އޮރިޔާމުން އުޅޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ. އަދި އޭނާ ގެއެއްގެ ހިޔާވަހި ކަމުގެ ދަށުގައި ވެސް އުޅޭކަށެއް ބޭނުމެއް ނުވެއެވެ. އޭނާ ދިރިއުޅެނީ މީހުން ނުއުޅޭ ފަޅު ހިސާބެއްގައި އޮންނަ މީހުން ވަޅުލާ ތަނެއްގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:27
8 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އަދި އެބައިމީހުންނަށް އީސާގެފާނު ހުންނެވި ހިސާބަށް އާދެވުނު އިރު ޖިންނިތަކުގެ ޝިކާރައަކަށްވެ މޮޔަވެފައިވީ މީހާ އޭނާގެ ޢައުރަ ނިވާކޮށްގެން، ސަލާމަތް ބުއްދީގައި ހެޔޮޙާލުގައި، އެތަނުގައި އިންތައް ފެނި އެބައިމީހުން ބިރުގަތެވެ.


އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީ ކަނޑު ހުރަސްކުރައްވާ ދަތުރުކުރައްވާ ވަޑައިގެން ގެރާސާގެ ސަރަހައްދަށް ވަޑައިގަތެވެ. މިރަށަކީ ގަލީލީ ސަރަހައްދުގެ އަނެއްފަރާތުގައި ވާ ރަށެކެވެ.


މިނުބައި ޖިންނިތަކުގެ ބާރުގެ ދަށުގައި އެމީހާ ވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. މީހުން އޭނާ ހިފަހައްޓައިގެން ގެންގުޅުމަށް ވަނީ އެތައް މަސައްކަތެއް ވެސް ކޮށްފައެވެ. އޭނާގެ އަތާއި ފައިގައި ހިލިހިލާ ވެސް ޖެހިއެވެ. ނަމަވެސް އެޖިންނީންގެ ބާރުން އޭނާ އެހުރިހާ ހިލިހިލާތައް ވެސް ކަނޑާ ހަލާކުކޮށްލައެވެ. ދެން އަނެއްކާ ވެސް އެޖިންނިތައް އޭނާ މީހުން ނޫޅޭ ހިސާބުގަނޑަށް ދިއުމަށް މަޖުބޫރުކޮށް ފޮނުވާލައެވެ. އީސާގެފާނު އެޖިންނިތަކަށް އޭނާ ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. އޭނާއަށް އީސާގެފާނު ފެންނަ އިރަށް ހަޅޭއްލަވަމުން އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓުނެވެ. ދެން އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ބުންޏެވެ. ”⁠އެންމެމަތިވެރިކަލާނގެ ދަރިކަލުން އީސާގެފާނު! ކަލޭގެފާނު އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް؟ އަހަރެން އާދޭސްކޮށްފަބުނަން. އަހަންނަށް އަނިޔާ އެއް ނުދޭތި.⁠“


ދެން ޞަމޫއީލްގެފާނުގެ ކުރިފުޅުމަތީގައި ވަޖިދުވެ ނަށްޓަވަމުން ގޮސް ހެދުންކޮޅު ބާލުއްވައި ބިންމައްޗަށް ވެއްޓިވަޑައިގެން އެތަނުން އެދުވަހާއި އެރޭ އަމަށުން އޮންނަވައިފިއެވެ. ”⁠ޝާއުލް އަކީ ވެސް ނަބީއެއް ހޭ⁠“ މީހުން ކިޔަނީ މިހެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ