Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:25 - ކިތާބުލް މުޤައްދަސާ

25 އެވަގުތު އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ފަހެ ކަލޭމެންގެ އީމާންކަން ކޮބާ؟⁠“ އަސްޙާބީން މި ވެދިޔަ ކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ބިރުގަތެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ކޮންފަދަ އިންސާނެއް ބާ؟ އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:25
16 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ނޫން ފަރާތަކަށް އުޑަށް އަރާވޮޑިގަންނަވައި ބިމަށް ފައިބާ ވޮޑިއެއް ނުގަނެވޭނެއެވެ. ވައިރޯޅި އެފަރާތެއްގެ އަތްޕުޅު ތެރޭގައި ހިފަހައްޓަވަނީ ކޮންފަރާތަކުން ހެއްޔެވެ؟ ރަޖާގަނޑެއްހެން ކަނޑު އޮޅާލައްވަނީ ކޮންފަރާތަކުން ހެއްޔެވެ؟ މިއޮތް ފުޅާ ދުނިޔެ އުފެއްދެވީ ކޮން ފަރާތަކުން ހެއްޔެވެ؟ އެކަލާނގެ އާއި އެކަލާނގެ ދަރިކަލުންގެ ނަންފުޅު އެނގެންޏާ ނިކަން ބުނެބަލާށެވެ!


އަދި ކަނޑުގެ ލޮނުގަނޑު ވަކިވަރަކަށް ވުރެން އުސް ނުވުމަށް އަންގަވައި ބިމުގެ ބިންގާ އެޅުއްވި އިރު ވެސް އަހަރެން ހުރީމެވެ.


ކުއްލިއަކަށް އީސާގެފާނު ޕަތަރަސްގެ އަތުގައި ހިއްޕަވާ ނެންގެވުމަށް ފަހު ވިދާޅުވިއެވެ. ”⁠ތިބާގެ އީމާންތެރިކަމުގެ ކުޑަކަމާއޭ! ތިބާ ޝައްކު ކުރީ ކީއްވެ؟⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’⁠ތިޔަ ހުރި ތަނުން ލުހިގެން ދާށޭ⁠‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.⁠“


ވަލުތެރޭގައި ހުންނަ މާމެލާމެއްޔަށް ވެސް މާތްރަސްކަލާނގެ އެ ފަދަ ފޭރާންތައް އަޅުއްވައި ދެއްވާ. އެފަދަ ތަކެއްޗަކީ މިއަދު ތާޒާކޮށް ހުރެފައި މާދަމާ ހިކުނީމާ އުނދުނުގެ އަލިފާނަށް އެއްލާލެވޭނެ ތަކެތި. ވީއިރު އެކަލާނގެ ތިޔަބައިމީހުންނަށް އެއަށްވުރެ މާ ރަނގަޅަށް ފޭރާން އަޅުއްވައި ދެއްވާނެކަން ޔަޤީނެއް ނޫންތަ؟ ތިޔަބައިމީހުންގެ ކިބައިގައި އީމާންތެރިކަން އެހާ ކުޑައީ ކީއްވެ؟


މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން!


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟⁠“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.


އެދުވަހުގެ އިރުއޮއްސެމުން އައި ހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދެންނެވިއެވެ. ”⁠މި ކަނޑު ހުރަސްކޮށް އަނެއް ފަރާތަށް ދަމާ ހިނގާ.⁠“


އޭ އީމާންކަން ކުޑަ މީހުންނޭ. ކުޑަވަގުތު ކޮޅަކަށް ފަރިވެފޮޅޭ އަދި ގިނަ ދުވަހެއް ނުވެ މިލާގެންދާ ވަލުތެރޭގެ މާމެލާމެލި މާތްރަސްކަލާނގެ އެފަދަ ފަރި ރީތި ކަމާއި އެކު ހައްދަވާއިރު އެކަލާނގެ ކަލޭމެން އަދި ކިހާ ރަނގަޅަކަށް ހެދުން އަޅުއްވާނެ ތަ؟


އަސްޙާބީން އީސާގެފާނަށް ގޮވައި ހޭފުޅުލައްވައި އެކަލޭގެފާނަށް ދެންނެވި އެވެ. ”⁠ސާހިބާ، ސާހިބާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“ އީސާގެފާނު ތެދުވެ ވަޑައިގެން ޖެހެމުން ދިޔަ ގަދަ ވަޔަށާއި ބޮޑެތި ބިޔަ ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވި އެވެ. ހަމަ އެވަގުތު ވައިގަނޑު މަޑުވެ ރާޅުތައް ހިނދި ކަނޑު އިހު އޮތް ފަދައިން މަޑުވެއްޖެއެވެ.


އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީ ކަނޑު ހުރަސްކުރައްވާ ދަތުރުކުރައްވާ ވަޑައިގެން ގެރާސާގެ ސަރަހައްދަށް ވަޑައިގަތެވެ. މިރަށަކީ ގަލީލީ ސަރަހައްދުގެ އަނެއްފަރާތުގައި ވާ ރަށެކެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭގާތު ނުބުނަންތަ؟ ކަލޭ ވެސް އީމާންވެ ގަބޫލުކޮށްފިއްޔާ ކަލެއަށް ވެސް މާތްރަސްކަލާނގެ ޖަލާލުވަންތަކަން ފެންނާނެޔޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ