Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:23 - ކިތާބުލް މުޤައްދަސާ

23 ދަތުރު ކުރަމުން ދަނިކޮށް އީސާގެފާނަށް ނިދި ކުރެއްވިއްޖެއެވެ. ކުއްލިއަކަށް ވަރަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވިއެވެ. ދޯނި ދިޔަބޮޑުވެ ގެނބެން ކައިރިވިއެވެ. މިހާދީސާގެ ސަބަބުން އެބައިމީހުން ވަރަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:23
13 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.


އެހެން ދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ގަލީލީ ކަނޑުގެ އަނެއް ފަރާތަށް ދަމާ ހިނގާ.⁠“ ދެން އީސާގެފާނު ދޯންޏެއްގައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ފުރާވަޑައިގަތެވެ.


އަހަރެމެން އިޓަލީއަށް ދިއުމަށް ދަތުރު ފެށީ އަދުރަމީތުންގެ އޮޑިއެއްގައެވެ. މި އޮޑި ވަނީ މި ދަތުރުގައި އޭޝިޔާގެ ތަފާތު ބަނދަރުތަކަށް ދިއުމަށް ވެސް ހަމަޖެހިފައެވެ. އޭރު މެސެޑޯނިޔާގެ ރަށެއް ކަމަށްވާ ތިސަލޯނިކާގެ އަރިސްތާރުކު އޭ ކިޔުނު މީހަކު ވެސް މި ދަތުރުގައި އެއޮޑިން އަހަރެމެންނާއި އެކު ދިޔައެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ