ލޫކާސް 8:22 - ކިތާބުލް މުޤައްދަސާ22 އެހެން ދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ގަލީލީ ކަނޑުގެ އަނެއް ފަރާތަށް ދަމާ ހިނގާ.“ ދެން އީސާގެފާނު ދޯންޏެއްގައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ފުރާވަޑައިގަތެވެ. အခန်းကိုကြည့်ပါ။ |
އެއްދުވަހަކު ޖެނެސަރަތު ކަނޑުގެ އައްސޭރީގައި އީސާގެފާނު ހުންނެވިއެވެ. އީސާގެފާނު އެތާނގައި މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް އައި އެތައްބައިވަރު މީސްތަކުންނެއް އެތަނަށް އެއްވެފައި ތިއްބެވެ. މީހުންގެ އަދަދު ގިނަކަމުން މީސްތަކުން ވަނީ ފިތި ބާރުވެފައެވެ. އެއެންމެން ވެސް އީސާގެފާނުގެ އަރިހަށް ދިއުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިޔައެވެ.