Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:2 - ކިތާބުލް މުޤައްދަސާ

2 އަދި އޭގެ އިތުރުން އީސާގެފާނު ބަލިތަކުން ހެޔޮ ކޮށްދީ ޖިންނީންގެ ފަރާތުން ސަލާމަތް ކޮށްދިން ބައެއް އަންހެނުން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. މިއަންހެނުންގެ ތެރެއިން އެކަކީ މަގްދަލޭނާގެ މީހެއްކަމުގައި ވީ މަރިޔަމް އެވެ. އީސާގެފާނު ވަނީ މި މަރިޔަމް ހަތް ޖިންނީންގެ ފަރާތުން މިންޖު ކޮށްދެއްވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:2
11 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


ސަބަތުގެ ދުވަސް ނިމުމުން، މަރިޔަމް މަގްދަލޭނާ އާއި ޔާމިޒުގެ މަންމަ މަރިޔަމް އާއި ސަލްމާ އީސާގެފާނުގެ ހަށިކޮޅު ކަފުން ކުރެއްވުމަށްޓަކައި މީރުވަސްދުވާ ހުވަނދު ގަތެވެ.


އީސާގެފާނު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ އެކަލޭގެފާނު ފެނުނީ މަރިޔަމް މަގްދަލޭނާ އަށެވެ. އީސާގެފާނު ވަނީ، މި މަރިޔަމް މަގްދަލޭނާ ހަތް ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވާފައެވެ.


އީސާގެފާނުގެ ފަހަތްޕުޅުން އެތައް ހާސް ބަޔަކު ދިޔައެވެ. މިމީހުންގެ ތެރޭގައި ރޮމުން ހިތާމަ ކުރަމުން ދިޔަ ބައެއް އަންހެނުން ވެސް ހިމެނުނެވެ.


ނަމަވެސް އީސާގެފާނުގެ ހުރިހާ ރަޙުމަތްތެރިންނާއި އަދި އެކަލޭގެފާނުގެ އަރިހުގައި ގަލީލީއިން އައި އަންހެނުން ވެސް ދުރުގައި މިކަންތައްތައް ހިނގާދިޔަ ގޮތް ބަލަން ތިއްބެވެ.


އީސާގެފާނުގެ އަރިހުގައި ގަލީލީއިން އައި އަންހެނުން ވެސް ޔޫސުފުގެ ފަހަތުން ދިޔައެވެ. އަދި އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވުނު ގޮތް މިއަންހެނުން ވެސް ދުއްޓެވެ.


ދެން އީސާގެފާނު އޭނާ ކުރެން ސުވާލު ކުރިއެވެ. ”⁠ކަލޭގެ ނަމަކީ ކޮބާ؟⁠“ ”⁠އަހަރެންގެ ނަމަކީ ލަޝްކަރު.⁠“ އެޖިންނިތައް މިފަދައިން ޖަވާބުދިނީ އެއީ އެޖިންނިތަކަކީ އެތައް ބައިވަރު ޖިންނިތަކަކަށް ވީތީއެވެ.


އީސާގެފާނުގެ ސަލީބުގެ ކައިރީގައި އެކަލޭގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި، އީސާގެފާނުގެ ބޮޑު ދައިތައާއި، ކޮލޮޕާހުގެ އަންހެނުން މަރިޔަމް އާއި، މަރިޔަމް މަގްދަލޭނާ ތިއްބެވެ.


މަންދޫބުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ޖަމާވެ އެކުގައި ދުޢާ ކުރަމުން ގެންދިޔައެވެ. އެމީހުންނާއި އެކު ދުޢާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި ބައެއް އެހެން އަންހެނުންނާއި އަދި އީސާގެފާނުގެ އެއްބަނޑު ފިރިހެން ކޮއްކޮއިން ވެސް ހިމެނުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ