ލޫކާސް 8:18 - ކިތާބުލް މުޤައްދަސާ18 އެހެންވީމާ އަހަރެން ބުނަން. ކަލޭމެން މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއަހާ އުޅޭ ގޮތާ މެދު ފަރުވާތެރިކަމާއި އެކު ވިސްނާ. ދެއްވިފައިވާ މީހުންނަށް އިތުރަށް ވެސް ދެއްވާނެ. އަދި މަދުން ލިބިފައިވާ މީހުން އަތުން އެމީހުން އަތުގައި ވީ ކަމަށް އެމީހުން ހީކުރި އެއްޗެތި ވެސް އަތުލެވޭނެ.“ အခန်းကိုကြည့်ပါ။ |
މީސްތަކުންގެ ތެރެއިން އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދޭ ފަރާތްތަކަށް އިތުރަށް މާތްރަސްކަލާނގެ އުނގެނިގަތުން ދެއްވާނެ. އެމީހުންނަށް ހުސްނުވާ ވަރަށް ވެސް ދެއްވާނެ. ނަމަވެސް އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދިގެންނުވާ ފަރާތްތަކަށް ލިބިދީފައިވާ މަދު މިންވަރު ވެސް އެބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ނިގުޅައިގަންނަވާނެ.
ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.“
ތިސަލޯނިކާގައި ވީ ބަނީއިސްރާއީލު މީހުންނަށް ވުރެ މި ރަށުގައި ވީ ބަނީއިސްރާއީލު މީހުންގެ އަދަބާ އަޚުލާގު މާ ރަނގަޅެވެ. އެއީ އެމީހުން ޕައުލް އަންގާދެމުން ދިޔަ ބަސްތައް ވަރަށް ޝައުޤުވެރިކަމާއި އެކު ކަނުލާ އަޑުއަހާ އަދި ކޮންމެ ދުވަހަކު މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްކޮޅު ކިޔާ ޕައުލް އެ ބުނާ ބަސްތަކަކީ ތެދުތޯ ބަލާ ހޯދާ ވެސް ހެދިއެވެ.