Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:16 - ކިތާބުލް މުޤައްދަސާ

16 އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް މިފަދައިން ވެސް ވިދާޅުވިއެވެ. ”⁠އެކަކު ވެސް އެނދު ތަންދޮށަށް ލާ ފޮރުވުމަށް ނުވަތަ ބޯތައްޓެގެ ދަށަށް ލާ ފޮރުވުމަށްޓަކައި ބައްތިއެއް ނުދިއްލާނެ. އޭގެ ބަދަލުގައި މީހަކު ބައްތިއެއް ދިއްލައިފިނަމަ އެ ގެންގޮސް ގޭގެ ކުރިމަތީގައިވާ ބައްތި އަޅުވާ ނަރުގަނޑުގައި އަޅުވާނެ. އޭރުން އެގެއަށް އަންނަ ބަޔަކަށް އޭގެ އަލިކަން ލިބޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:16
9 ပူးပေါင်းရင်းမြစ်များ  

”⁠އެއް ވެސް މީހަކު ބައްތިއެއް ދިއްލައިފަ އެއެއް ނުފޮރުވާނެ. އަދި އެ މުކައްބައެއްގެ ދަށަކަށް ވެސް ނުލާނެ. އޭނާ އެބައްތި އަޅުވާނީ ބައްތިއަޅުވާ ނަރުގަނޑުގަ. އެއީ އޭރުން އެގެއަށް އަންނަ އެންމެންނަށް ވެސް އޭގެ އަލި ލިބޭނެ.


ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


ތިބާއަށް އަހަރެންގެ ކަނާއަތުގައި ވަނިކޮށް ފެނުނު ހަތްތަރިއާއި، އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރުގެ ފޮރުވިފައިވާ މާނައަކީ މިއީ. އެ ހަތްތަރި ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތުގެ މަލާއިކަތުން. އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރު ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތް.⁠“


އެދެހެކިންނަކީ ދެ ޒައިތޫނި ގަހެވެ. އަދި އެއީ ދުނިޔޭގައި ވެރިކަން ހިންގަވާ މާތްރަސްކަލާނގެ ޙަޟްރަތުގައިވާ ދެ ބައްތި ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ