Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:15 - ކިތާބުލް މުޤައްދަސާ

15 ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:15
40 ပူးပေါင်းရင်းမြစ်များ  

ދަރިފުޅާއެވެ! އަހަރެންގެ މި އިރުޝާދުތައް ހަނދާންކޮށް އެއާ އެއްގޮތަށް ފުރިހަމަޔަށް އަމަލު ކުރަމުން ދާށެވެ.


ނަމަވެސް އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުންނަށް ދިންނެވުން ލިބޭނެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެއަށް ވުރެވެސް ބޮޑަށް ބަރަކާތް ލެއްވިގެން ވާނީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އެއަށް އަމަލު ކުރާ މީހުންނަށް.⁠“


ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ. ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ. ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް.⁠“


ކަށިގަސްތަކުގެ ތެރެއަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވި ނަމަވެސް އެބައިމީހުންގެ އަމިއްލަ ކަންތައްތަކާއި މުދަލާއި ފައިސާއާއި އަދި ދުނިޔެވީ އެދުންތަކުގެ ސަބަބުން އެބައިމީހުންގެ ހިތުގައި މާތްރަސްކަލާނގެ ބަސްފުޅުތަކަށް ތަނެއް ނުދޭ ރޫޙާނީ ގޮތުން ފުރިހަމަޔަށް ބޮޑު ނުވާ މީހުންގެ މިސާލު.


އީސާގެފާނު އެތާނގައި ތިބި މީސްތަކުންނަށް މިފަދައިން ވެސް ވިދާޅުވިއެވެ. ”⁠އެކަކު ވެސް އެނދު ތަންދޮށަށް ލާ ފޮރުވުމަށް ނުވަތަ ބޯތައްޓެގެ ދަށަށް ލާ ފޮރުވުމަށްޓަކައި ބައްތިއެއް ނުދިއްލާނެ. އޭގެ ބަދަލުގައި މީހަކު ބައްތިއެއް ދިއްލައިފިނަމަ އެ ގެންގޮސް ގޭގެ ކުރިމަތީގައިވާ ބައްތި އަޅުވާ ނަރުގަނޑުގައި އަޅުވާނެ. އޭރުން އެގެއަށް އަންނަ ބަޔަކަށް އޭގެ އަލިކަން ލިބޭނެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަހަރެން ދެކެ ލޯބިވާނަމަ އަހަރެންގެ އަމުރަށް ކިޔަމަންވާނެ.


އަހަރެންގެ އަމުރަށް ކިޔަމަން ވާނަމަ ކަލޭމެން ތިބޭނީ އަހަރެންގެ ލޯތްބާ ގުޅިފައި. އެއީ އަހަރެން ބައްޕާފުޅު ބަސް އެހުމުގެ ސަބަބުން އަހަރެން ބައްޕާފުޅުގެ ލޯތްބާ ގުޅިފައިވާ ފަދައިން.


ތިޔަބައިމީހުންނަށް ދިންނެވުން ލިބިދިނީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އީމާންވުމުން އެކަލާނގެ ނިޢުމަތްފުޅުންނެވެ. ތިޔަބައިމީހުންނަށް ދިންނެވުން ލިބިގެންވީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުން ކުރި ކަމަކުންނޫނެވެ. އެއީ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި މަތިވެރި ހަދިޔާއެއްމެއެވެ.


ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


ތިޔަބައިމީހުންނަށް ލިބިދިން މި ހެޔޮޚަބަރުފުޅު މުޅިދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދެއެވެ. އަދި އެއިން މޭވާއަޅާ އެމޭވާއިން މީހުންގެ ދިރިއުޅުން ބަދަލުކުރެއްވެއެވެ. އެއީ އެ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ފުރަތަމަ އަޑުއިވި މާތްރަސްކަލާނގެ އަޖައިބުކުރުވަނިވި ނިޢުމަތަކީ ކޮންއެއްޗެއްކަން ތިޔަބައިމީހުންނަށް އެނގުނު ދުވަހުން ފެށިގެން ތިޔަބައިމީހުންގެ ދިރިއުޅުން ވެސް އެހެޔޮޙަބަރުފުޅު ބަދަލުކުރެއްވި ފަދައިންނެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަލޭމެންނަށް ކަންތައް ކުރެވެންދެން ކަލޭމެންނަށް ޖެހޭނީ ކެތްތެރިވެ ތިބުމަށެވެ. އޭރުން އެކަލާނގެ ވަޢުދު ކުރެއްވި ކަންތައް ކަލޭމެންނަށް ލިބިގެން ދާނެއެވެ.


އެހެންކަމުން އަހަރެމެންނަށް އިއްވެވުނު ބަސްތަކާ މެދު އަހަރެމެން އަދި މާބޮޑަށް ފަރުވާވެ އެ ބަސްފުޅުތަކުގައި ހިފަހައްޓަން ޖެހެއެވެ. އެހެން ނޫނީ އަހަރެމެން އެ ބަސްފުޅުތަކާ ދުރަށް ބެހިގެން ހިނގައިދާނެއެވެ.


އެހެންވެ އެންމެހާ މުސީބާތްތަކަށް ކެތްތެރިވުމަށް ދަސްކުރާށެވެ. އޭރުން ކަންކަމަށް ދަހިވެތިނުވެ ރޫޙާނީ ގޮތުން ކަލޭމެން ފުރިހަމައަށް ތަސައްރަފުފުދި ދެއެވެ.


އަހަރެމެންނަށް މާތްރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންތެރިކަން އަދާކުރެވެނީނަމަ އަހަރެމެންނަށް އެކަލާނގެ އެނގޭކަން ކަށަވަރުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ