Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:14 - ކިތާބުލް މުޤައްދަސާ

14 ކަށިގަސްތަކުގެ ތެރެއަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވި ނަމަވެސް އެބައިމީހުންގެ އަމިއްލަ ކަންތައްތަކާއި މުދަލާއި ފައިސާއާއި އަދި ދުނިޔެވީ އެދުންތަކުގެ ސަބަބުން އެބައިމީހުންގެ ހިތުގައި މާތްރަސްކަލާނގެ ބަސްފުޅުތަކަށް ތަނެއް ނުދޭ ރޫޙާނީ ގޮތުން ފުރިހަމަޔަށް ބޮޑު ނުވާ މީހުންގެ މިސާލު.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:14
17 ပူးပေါင်းရင်းမြစ်များ  

އަދި ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތަކުގެ މިސާލަކީ އެއީ މާތްރަސްކަލާނގެ ބަސްފުޅުތައް އަޑުއިވުނު. އެކަމަކު އެމީހުންގެ ހިތުގައިވާ ދުނިޔަވީ ފިކުރުތަކާއި މުއްސަނދިކަމުގެ ވަސްވާސްތައް އެ ބަސްފުޅުތަކުގެ މައްޗައް އަރައި ފިއްތާލުމުގެ ސަބަބުން އެބަސްފުޅުތަކުގެ އެއްވެސް ފައިދާއެއް ނުލިބުނު މީހުން.


ނަމަވެސް ދުނިޔަވީ ކަންތައްތަކާ މެދު ކަންބޮޑުވެ، މުއްސަނދިކަމަށް ލޯބިކުރާ މީހުން. އަދި އެފަދަ މީހުންގެ ހިތުގައިވާ ދުނިޔަވީ އެދުންތައް ފުނިޖެހި މާތްރަސްކަލާނގެ ބަސްފުޅުތައް ފިއްތައި ހަފުސް ކޮށް އެ ބަސްފުޅުތަކުން ރަނގަޅު ނަތީޖާއެއް ނެރެވުނަކަ ނުދިން.


އެއްވެސް ނޯކަރަކަށް ދެ ވެރިއެއްގެ ކައިރިއަކު އެއްފަހަރަކާ މަސައްކަތެއް ނުކުރެވޭނެ. އެއީ އޭނާ އެކަކުގެ މައްޗަށް ލޯބިވާނެ. އަދި އަނެކަކުގެ މައްޗަށް ނުރުހޭނެ. ނޫނީ އެކަކަށްޓަކައި އޭނާ ޖާނުދޭނެ. އަދި އަނެކަކު ގެ މައްޗަށް ނަފްރަތު ކުރާނެ. އެއްވެސް މީހަކަށް މާތްރަސްކަލާނގެ ކިބަފުޅަށާއި ފައިސާއަށް އެއްފަހަރަކާ ޚިދުމަތެއް ނުކޮށްދެވޭނެ.⁠“


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.


ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.⁠“


އަނެއް ބައި އޮށް ކަށިގަސްތަކެއްގެ ތެރެއަށް އޮހުނު. މިއޮށްތަކުން ވެސް ގަސް ފެޅި ނަމަވެސް އެގަސްތަކާއި އެކު ހެދުނު ކަށިގަސްތައް މިގަސްތަކަށް ވުރެ ގަދައަށް ހެދުމުގެ ސަބަބުން މިއޮށްތަކުން ފެޅި ގަސްތައް ހެދުމަކަށް ތަނެއް ނުދިން.


އަހަރެންނާ ގުޅިގެން ނުވާ މީހެއް ނަމަ، މިލައި ހިކިފައިވާ ގޮފިގަނޑެއް ފަދައިން ކަނޑާ އެއްލާލެވޭނެ. އަދި އެފަދަ ގޮފިތައް ހިކިގެން ދިޔައީމާ އެއްކޮށްފައި އަންދާލެވޭނެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


އަހަރެމެން އީސާއަލްމަސީޙާ ބެހޭގޮތުން ދަސްކުރި އަސާސީ ފިލާވަޅުތަކާއިގެން އަބަދު ނޫޅެ މިކަންތަކާ މެދު ތަންކޮޅެއްބޮޑަށް މިހާރު ތަސައްރަފު ފުދެން ވެއްޖެއެވެ. އެއީ މަރާދިމާއަށް މީހާ ގެންދަވާ ޝައިތާނީ ކަންކަމާ ދުރުވެ މާތްރަސްކަލާނގެއަށް އީމާން ވުމާ ބެހޭ ވާހަކައެވެ. އެވާހަކަ ދެން ނުދައްކަމާ ހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ