ލޫކާސް 8:12 - ކިތާބުލް މުޤައްދަސާ12 ހިނގާ މަގު މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވުނު ނަމަވެސް އިބިލީސް އެމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅުތައް އަތުލުމުން އެމީހުން އެބަސްފުޅުތައް ގަބޫލު ނުކުރުމުގެ ސަބަބުން ދިންނެވުން ނުލިބޭ މީހުންގެ މިސާލު. အခန်းကိုကြည့်ပါ။ |
ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.