Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 8:10 - ކިތާބުލް މުޤައްދަސާ

10 އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’⁠އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 8:10
24 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.


”⁠ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރު ހާމަކޮށްދެއްވައިފި. އެހެނަސް ތިޔަބައިމީހުން ނޫން އެހެނިހެން މީސްތަކުންނާއި އަހަރެން މުޚާތަބު ކުރާހިނދު އަންގައިދޭނީ މާނަފުން ވާހަކަތަކުން.


އެއީ ބާވައިލެއްވިގެންވީ ފަދައިން. ’⁠އެބައިމީހުން ބަލައި ހޯދި ނަމަވެސް އެމީހުންނަކަށް އެއެއް ނުފެންނާނެ. އެބައިމީހުންނަށް އަޑު އިވި ސަމާލުކަން ދިން ކަމުގައިވިޔަސް އެމީހުންނަކަށް އެއެއް ނުވިސްނޭނެ. އެބައިމީހުން ބަލައި ވިސްނައިފިނަމަ އެބައިމީހުން މާތްރަސްކަލާނގެއަށް އެނބުރުނީސް. އަދި އެފަދައިން އެމީހުން އަމަލު ކުރިނަމަ އެކަލާނގެ ފާފަ ފުއްސަވައި ދެއްވީސް.⁠‘⁠“


”⁠މާތްރަސްކަލާނގެ މީސްތަކުންގެ ލޯތައް އަނދިރި ކުރައްވައި އެމީހުންގެ ހިތްތައް ހަރުކުރައްވައިފިއެވެ. އެކަލާނގެ އެފަދައިން ކަންކުރެއްވީ އެމީހުންނަށް އެކަންތައް ވިސްނުނަ ނުދެއްވުމަށާއި އެކަންތައް އެމީހުންނަށް ނުދެއްކެވުމަށެވެ. އަދި އެމީހުންނަށް ޝިފާ ލިބިގަތުމަށްޓަކައި އެކަލާނގެ ކިބަފުޅަށް އައުމުގެ މަގު ވެސް ނުދެއްކެވުމަށެވެ.⁠“


އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ