ލޫކާސް 8:1 - ކިތާބުލް މުޤައްދަސާ1 މިއަށް ފަހު އީސާގެފާނު ދަތުރު ކުރައްވާ ކައިރި ހިސާބުތަކުގެ ރަށްތަކަށާއި އަވަށްތަކަށް ވަޑައިގެންނެވިއެވެ. އަދި އެރަށްތަކާއި އަވަށްތަކުގެ މީސްތަކުންނަށް އެބައެއްގެ މައްޗަށް ވެރިކަން ކުރައްވާ ފަރާތަކީ މާތްރަސްކަލާނގެ ރަސްކަންފުޅުކަން ގަބޫލުކޮށް އީމާންވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅު ދެއްވިއެވެ. އެތާނގައި އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ. အခန်းကိုကြည့်ပါ။ |
ދުވަސްތައް ވޭތިވެ ޔަޙުޔާގެފާނު ބޮޑުފުޅުވިއެވެ. މާތްރޫޙުފުޅު ޔަޙުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުނގަންނައި ދެއްވިއެވެ. ޔަޙުޔާގެފާނު ބޮޑުފުޅު ވުމަށް ފަހު، އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ. ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެ ތެރޭގައި ފާޅުގައި މާތްރަސްކަލާނގެ އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ.
”އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް
އަޅުގަނޑާއި ބަރުނައްބާސް މިއަދު މި ތަނަށް މި އައީ ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ދިނުމަށް. އެއީ މާތްރަސްކަލާނގެ އަޅުގަނޑުމެންގެ ކާބަފައިންނަށް ކުރެއްވި ވަޢުދު ފުޅު ފުރިހަމަ ކުރައްވާ އެ ކާބަފައިންގެ ދަރިކޮޅުގެ މީހުންނަށް ދައްކަވައިފި. މާތްރަސްކަލާނގެ އެ ވަޢުދުފުޅު ފުރިހަމަ ކުރެއްވުމުގެ ގޮތުން އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އެއީ ޒަބޫރުގެ ދެވަނަ ބާބުގައި ލިޔެވިގެންވީ ފަދައިން، ލިޔެވިގެންވޭ. ’ކަލޭގެފާނު ތިޔައީ ތިމަންކަލާނގެ ދަރިކަލުންނޭ. އެއީ މިއަދު ތިމަންކަލާނގެ ކަލޭގެފާނުގެ ބައްޕަ ކަމުގައި ވެއްޖެއޭ.‘