Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 7:9 - ކިތާބުލް މުޤައްދަސާ

9 އީސާގެފާނަށް އިވިވަޑައިގެން ރޯމުގެ ސިފައިންގެ މީހާގެ މިބަސްތަކުގެ ސަބަބުން އީސާގެފާނު ހައިރާންވެ ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މިފަދަ މަތިވެރި އީމާންކަމެއް މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް އަހަރެން ނުދެކެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 7:9
9 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ދައްތާ. ދައްތަގެ އީމާންތެރިކަން ވަރަށް ވެސް މަތިވެރި. ދައްތަ އެދިގެންވާ ކަމެއް އަހަރެން ދައްތައަށް ކޮށްދޭނަން.⁠“ އަދި ހަމަ އެ ހިނދު އެ އަންހެނާގެ ދަރިފުޅު ބަލިން ފަސޭހަވެ ރަނގަޅުވިއެވެ.


މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން!


ޖިންނިއަށް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދިއުމަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. އަދި އެ ހިނދު އެމީހާއަށް ވާހަކަ ދެކެވެން ފެށިއެވެ. އެތާ ތިބި އެންމެން ހައިރާންވެފައި ބުންޏެވެ. ”⁠މިފަދަ ކަމެއް މީގެ ކުރިން ބަނީއިސްރާއީލުންގެ ތެރެއިން ފެނިފައިނުވޭ.⁠“


ރޯމުގެ ސިފައިންގެ މީހާ ފޮނުވި މީހުން އެނބުރި އޭނާގެ ގެއަށް ދިޔައިރު އެސިފައިންގެ މީހާގެ ނޯކަރުވަނީ އޭނާއަށް ޖެހިފައި ވީ ބޮޑު ބަލިން ގަދަވެ މުޅިން ފަސޭހަވެ ރަނގަޅުވެފައެވެ.


އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި. ހިތްހަމަޖެހިގެން ދޭ!⁠“


އެއީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ވާ މީހަކީން. ހަމައެފަދައިން އަޅުގަނޑުގެ ދަށުގައި ވާ މީހުންނަށް އަޅުގަނޑު ވެސް ދާން އެންގުމުން އެމީހުން ދޭ. އަދި އަންނަން އެންގުމުން އެމީހުން އާދޭ. އަޅުގަނޑުގެ ނޯކަރުންނަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުން އެމީހުން އެކަމެއް ކުރޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ