ލޫކާސް 7:8 - ކިތާބުލް މުޤައްދަސާ8 އެއީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ވާ މީހަކީން. ހަމައެފަދައިން އަޅުގަނޑުގެ ދަށުގައި ވާ މީހުންނަށް އަޅުގަނޑު ވެސް ދާން އެންގުމުން އެމީހުން ދޭ. އަދި އަންނަން އެންގުމުން އެމީހުން އާދޭ. އަޅުގަނޑުގެ ނޯކަރުންނަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމުން އެމީހުން އެކަމެއް ކުރޭ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް މީނާގެ ކުށާއި ބެހޭ ގޮތުން ހުށައެޅުމަށް ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް ލިޔާނެ އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގެ. އެހެން ކަމުން މިއަދު އޭނާ ތިޔަ އެންމެ ހާ ބޭފުޅުންގެ ކުރިފުޅުމައްޗަށް އަދި ޚާއްސަ ކޮށް އަގިރިފާ ރަސްގެފާނުގެ ކުރިފުޅުމައްޗަށް މި ހާޒިރު ކުރީ ތިޔަބޭފުޅާ ވެސް އޭނާ އާއި ސުވާލު ކުރައްވާ ހޯއްދަވާ އޮޅުންފިލުއްވާ އަޅުގަނޑު ރޯމުގެ ރަސްގެފާނަށް ލިޔާނެ ބަސްފުޅެއް އަޅުގަނޑަށް އޮޅުން ފިލާނެ ކަމުގެ އުންމީދުގަ.
އަޅުންނޭވެ! ތިޔަބައިމީހުންގެ ދުނިޔެވީ ސާހިބުންނަށް ހުރިހާ އިރެއްގައި ވެސް ކިޔަމަންތެރިވާށެވެ. ހަމަ އެކަނި މީހުންގެ ލޯމައްޗަކު އެކަންޏެއް ނޫނެވެ. އަދި މީހުންގެ ރުހުން ހޯދުމަކަށެއް ވެސް ނޫނެވެ. އެކަމަކު އެއީ މާތްސާހިބާ އަށް ޤަދަރުކޮށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިން އެދިގެން ކުރާ ކަމެއްގެ ގޮތުގައެވެ.