ލޫކާސް 7:6 - ކިތާބުލް މުޤައްދަސާ6 އީސާގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެގެއާއި ވަރަށް ކައިރިވެ ވަޑައިގެންފައި ވަނިކޮށް މި ރޯމުގެ ސިފައިންގެ މީހާ އޭނާގެ އެކުވެރިންގެ ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް މިފަދައިން ދެންނެވުމަށް ފޮނުއްވިއެވެ. ”މާތްސާހިބާ. ކަލޭގެފާނު އަޅުގަނޑަށްޓަކައި ތިޔަވަރުގެ ބުރައެއް އުފުއްލަވަން ނޫޅުއްވާ. އަޅުގަނޑަކީ ތިޔަވަރުގެ ޝަރަފެއް ޙައްޤުވާ ވަރުގެ ރަނގަޅު މީހަކީމެއް ނޫން. އަދި އަޅުގަނޑަކީ އަޅުގަނޑުގެ ގެއަށް ކަލޭގެފާނު ވަޑައިގަތުމުގެ ޤަދަރު ލިބުން އެކަށީގެންވާ މީހެއް ވެސް ނޫން. အခန်းကိုကြည့်ပါ။ |
ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.
ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ. ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“