Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 7:47 - ކިތާބުލް މުޤައްދަސާ

47 އަހަރެން ބުނަންތަ؟ އޭނާގެ ކިބައިގައި ވީ ފާފަތަކަކީ ގިނަފާފަތަކެއް ނަމަވެސް އޭނާގެ ފާފަތައް ފުއްސަވައިފި. އޭނާގެ ކިބައިން އެފެނުނު މަތިވެރި ލޯތްބަކީ އެކަމުގެ ނިޝާން. ނަމަވެސް މަދު ފާފަތައް ފުއްސަވައި ދެއްވޭ މީހަކު ލޯބި ވާނީ ވެސް މަދުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 7:47
25 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް ވުރެން ބޮޑަށް މައިންބަފައިން ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން. އަހަރެންނަށް ވުރެން ބޮޑަށް ފިރިހެން ދަރިފުޅާއި އަދި އަންހެން ދަރިފުޅު ދެކެ ލޯބިވާ މީހަކީ އަހަރެން އެންގި މަގުން ހިނގާ އަހަރެންނަށް ތަބާވާ މީހެއްގެ ގޮތުގައި ވުމަށް އެކަށީގެންވާ މީހެއް ނޫން.


އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ. ”⁠މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟⁠“


ކަލޭ އަހަރެންގެ ބޮލުގައި ލުމަށް ތެޔޮފޮދެއް ވެސް ނުދޭ. އެކަމަކު މީނާ އަހަރެންގެ ފަޔަށް އަތަރު އަޅައިދިން.


ދެން އީސާގެފާނު އެ އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ފާފަތައް ފުހެވިއްޖެ.⁠“


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


މާތްސާހިބާ އީސާ އަލްމަސީޙާއި މެދު ނިމުމެއް ނުވާ ފަދައިން ލޮބުވެތި ގޮތުގައިވާ ހުރިހާ އެންމެންނަށް މާތްރަސްކަލާނގެ ނިޢުމަތްފުޅު ލިބިދެއްވާށިއެވެ.


ތިޔަބައިމީހުންގެ މެދުގައި ވީ ލޯބި ބަދަހި ކޮށްދެއްވައި ތަނަވަސް ކޮށްދެއްވުމަށް އެދި އަހަރެން މާތްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވަމެވެ. އަދި ތިޔަބައިމީހުން އުފެދި ބޮޑެތިވަމުން ދާނީ ތިޔަބައިމީހުންގެ މެދުގައިވާ ހެޔޮ ނުބައި ދެނެގަތުން މަތީގައެވެ.


އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ މިންނުކުރެވޭ ނިޢުމަތްފުޅު އަހަރެންގެ މައްޗަށް އޮއްސަވާލެއްވިއެވެ. އަދި އެކަލޭގެފާނުގެ ކިބަފުޅުން އަންނަ އީމާނާއި ލޯބިން އަހަރެން ފުރާލެއްވިއެވެ.


މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.


އަހަރެންގެ ދަރިންނޭވެ! އަހަރެމެން މީސްތަކުންނާއިމެދު ލޮބުވެތިކޮށް ހިތާންވީ ހަމައެކަނި ބަސްތަކަކުން ނުވަތަ ބުނާއެއްޗަކުންނެއް ނޫނެވެ. ނަމަވެސް އަހަރެމެންގެ ލޮބުވެތިކަން ދައްކައިދޭންވީ ތެދު ހިތުން މީސްތަކުންނަށް އެހީތެރިވެދީގެންނެވެ.


އަހަރެމެން ލޮބުވެތިކަން މަތީ މިތިބެނީ މާތްކަލާނގެ އަހަރެމެންދެކެ ފުރަތަމަ ލޯބިވެ ވޮޑިގެންނެވީތީއެވެ.


މާތްކަލާނގެ ދެކެ ލޯބިވަމޭ ބުނެވޭ ބަހުގެ މާނައަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމެވެ. އެކަލާނގެ އަމުރުފުޅުތަކަކީ ބުރަ އަމުރުފުޅުތަކެއް ނޫނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ