45 ކަލޭ އަހަރެންނާއި ސަލާންކުރުމުގެ ގޮތުން ސަލާމުގެ ބޮހެއް ވެސް ނުދޭ. ނަމަވެސް އަހަރެން މިގެއަށް ވަނީއްސުރެ މިއަންހެން މީހާ އަހަރެންގެ ފައިގައި ބޮސްދިނުން ހުއްޓާނުލާ.
އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލްއަށް ސަލާމް ކުރެއްވުމުގެ ގޮތުން ބޮސް ދެއްވިއެވެ. އެ ހިނދު އެކަލޭގެފާނަށް އުފާފުޅު ވީވަރުން ދެލޯފުޅުން ކަރުނަފޫދި ކީރިތި ކުރެއްވުނެވެ.
ނަމަވެސް ޢީސޫ ޔަޢުޤޫބުގެފާނާއި ދިމާއަށް ދުވެފައި އައިސް އެކަލޭގެފާނު ހަށިކޮޅުގައި ބައްދާ އޮޅުލައިގަތުމަށް ފަހު ބޮސް ދިނެވެ. އެ ހިނދު އެ ދެބެއިންމެ ވަނީ އުފަލުން ގޮސް ދެލޮލުން ކަރުނަހިލި ރޮވޭ ޙާލުގައެވެ.
އަބްޝާލޫމްގެ ކައިރިއަށް މީހަކު ގުދުވެ އަދަބު އަދާ ކުރަން ފަށައިފިނަމަ އަބްޝާލޫމް އައިސް އެމީހެއްގެ މާ ގާތް މީހެއްގެ ގޮތް ދައްކައި އަތުގައި ހިފައި ގާތަށް ލަފައި ބޮސްދީ ހަދައެވެ.
ދެން އެހުރިހާ އެންމެން އުރުދުން ކޯރު ހުރަސްކޮށްފިއެވެ. ރަސްގެފާނު ބަރުޒިއްލާއި ގައިގައި ބޮސްދީ ހެޔޮ ދުޢާ ކުރެއްވިއެވެ. ދެން ބަރުޒިއްލާއި އެނބުރި ގެއަށް ހިނގައްޖެއެވެ.
މި ޚިޔާނާތްތެރިޔާ، ޔުދާސް، އެމީހުންނަށް އަންގައިދީފައި ވަނީ މި އިޝާރާތުންނެވެ. ”އަހަރެން ގޮސް ބޮސް ދޭނީ ތިޔަބައިމީހުން ބޭނުންވެފައިވާ މީހާއަށް. އޭނާ ހައްޔަރު ކުރޭ.“
ބަފައިންނޭވެ. ތިޔަބައިމީހުންގެ ދަރިންނާއިމެދު ހިތާހިތުމުގައި އެދަރިން ރުޅިއަރާފަދަ ގޮތަކަށް އަމަލުނުކުރާށެވެ. އޭގެބަދަލުގައި އެދަރިންނާއިމެދު އަޅާލުމާއިއެކު މާތް ސާހިބާ އެދިވަޑައިގަންނަވާ ފަދައިން ނަސޭޙަތްތެރިވެ އުނގަންނައިދީގެން ބޮޑެތިކުރާށެވެ.
އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމުގެ ބޮސް ދިނުމަކާއެކު މަރުޙަބާ ކިޔާށެވެ.