Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 7:34 - ކިތާބުލް މުޤައްދަސާ

34 އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އެހެން އެންމެންނެކޭ އެއްގޮތަށް ކައިބޮއި އުޅެން. އެހެންކަމުން ކަލޭމެން އަހަރެންނާއި ދިމާލަށް ތިޔަބުނަނީ އަހަރެންނަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ފާފަވެރިންނާއި ޓެކްސް ނަގާ މީހުންގެ އެކުވެރިއެކޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 7:34
13 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’⁠ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.⁠‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.⁠“


ހަމައެކަނި ތިޔަބައިމީހުން ދެކެ ލޯބިވާ ބަޔަކު ދެކެ ތިޔަބައިމީހުން ވެސް ލޯބިވާނަމަ އެކަމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަންވީ ކޮން ޘަވާބެއް؟ ޓެކްސް ނަގާ މީހުން ވެސް އެފަދައިން ކަންތައް ކުރޭ.


ފަރީސީންނަށް މިތަން ފެނި އީސާގެފާނުގެ އަސްޙާބީންގެ ކައިރިން އެހިއެވެ. ”⁠ކަލޭމެންގެ އެދުރުކަލޭގެ ޓެކްސް ނަގާ މީހުންނާއި އަދި އެހެނިހެން ފާފަވެރިންނާއި އެކުގައި ކައި އެހަދަނީ ކީއްވެ؟⁠“


އީސާގެފާނު ވާހަކަފުޅުދައްކަވާ ނިމިވަޑައިގަތުމުން އެތާނގައި ތިބި ފަރީސީނުގެ މީހަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ކެއުމަށް ދަޢުވަތު ދެއްވިއެވެ. ދެން އެކަލޭގެފާނު އޭނާއާއި އެކު ވަޑައިގެން އެގޭގެ ކާމޭޒު ދޮށުގައި އިށީނދެވަޑައިގެންނެވިއެވެ.


ސަބަތުގެ ދުވަހެއްގައި އީސާގެފާނު ފަރީސީނުގެ ތެރެއިން މަތީ މީހެއްގެ ގެއަށް ކެއުމަށް ވަޑައިގެންނެވިއެވެ. އެމީހުން އެދުވަހު އެކަލޭގެފާނުގެ ކޮންމެ ހަރަކާތްފުޅެއް ވަރަށް ފަރުވާތެރި ކަމާއިއެކު ބަލަން ތިއްބެވެ.


އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.⁠“


އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!⁠“


ދެން އޭނާގެ ގޭގައި އީސާގެފާނުގެ ޝަރަފުގައި ބޮޑު ކެއުމެއް ތައްޔާރު ކުރިއެވެ. އަދި އެހެން ވެސް ވަރަށް ގިނަ ޓެކްސް ނަގާ މީހުންނާއި އެހެނިހެން މީހުން ވެސް އެ ކެއުމަށް އައެވެ.


ޔަޙުޔާގެފާނު ވެސް ފަރީއްކުޅުއްވާ އުޅުނީ އާދައިގެ މީހުން ކައި ބޮއި އުޅޭ ކެއުމެއް ނޫން. އެހެންވެ ކަލޭމެން ތިޔަ ބުނަނީ އެކަލޭގެފާނާއި އެވަނީ ޖިންނިއެއް އަވަލާފައި ކަމަށް.


ނަމަވެސް ބުއްދިވެރި ކަމަކީ ރަނގަޅު އެއްޗެއްކަން ބުއްދިއެއް ހުރި ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެ.⁠“


ފަރީސީނުގެ މީހަކު އީސާގެފާނަށް ކެއުމަށް ދަޢުވަތު ދިނެވެ. އެހެންކަމުން އީސާގެފާނު އެގެއަށް ވަޑައިގަތް މޭޒުދޮށުގައި އިށީނދެ ވަޑައިގެންނެވިއެވެ.


އެމީހުން އެތަނުގައި އެކަލޭގެފާނަށްޓަކައި ފަރިއްކޮޅެއް ތައްޔާރު ކުރިއެވެ. ސުފުރާމަތީގެ ކަންތައް ބެލެހެއްޓުމަށް އުޅުނީ މަރުތާއެވެ. އެ މޭޒުކޮޅުގައި އެކަލޭގެފާނާއެކު ފަރީއްކުޅުއްވުމުގައި ބައިވެރި ވީ މީހުންގެ ތެރޭން އެކަކީ ލާޒަރު އެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އެޖާފަތަށް ދައުވަތު ދެވިފައި ވާތީ އެބޭކަލުން ވެސް އެތާނ ތިއްބެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ