ލޫކާސް 7:29 - ކިތާބުލް މުޤައްދަސާ29 އެތަނުގައި ތިބި ހުރިހާ އެންމެން، ޓެކްސް ނަގާ މީހުންނަށް ދާންދެން އީސާގެފާނުގެ ވާހަކަފުޅުތަކުގެ އަޑުއަހާ މާތްރަސްކަލާނގެ އެންގެވި މަގު އެއީ ރަނގަޅު ގޮތް ކަމުގައި ގަބޫލުކުރިއެވެ. އެއީ އެމީހުންނަކީ ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން ހިނަވައި ދެއްވައިފައިވާ މީހުންނެވެ. အခန်းကိုကြည့်ပါ။ |
އަދި އަޕޯލޮސްއަށް އީސާގެފާނާއި މެދު ވެސް ފުދޭވަރަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެކަލޭގެފާނާއި ބެހޭ ގޮތުން މީނާ މީސްތަކުންނާއި ޖޯޝާއި ފޯރިޔާއި އެކު ވާހަކަ ދައްކަމުން ގެންދިޔައެވެ. ނަމަވެސް އޭނާއަށް އީސާގެފާނާއި ބެހޭ ގޮތުން އެނގިފައި ވަނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި ގޮވާލެއްވުމާ ބެހޭ ގޮތުން އެކަންޏެވެ.
އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.