Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 7:27 - ކިތާބުލް މުޤައްދަސާ

27 އެއީ އެބޭކަލަކާއި މެދު މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި މިފަދައިން ލިޔެވިގެންވާ ބޭކަލެއް: ’⁠ތިމަންކަލާނގެ، ތިމަންކަލާނގެ ރަސޫލާ ކަލޭގެފާނުގެ ކުރިން ފޮނުއްވާނަމޭ. އެކަލޭގެފާނު، ކަލޭގެފާނަށްޓަކައި މަގު ތައްޔާރު ކުރައްވާނެ އޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 7:27
10 ပူးပေါင်းရင်းမြစ်များ  

މާތްވެގެންވާ ފަތްފުށްތަކުގައި ޔަޙުޔާގެފާނާއި މެދު ބަޔާންކޮށް ދެއްވާފައި ވަނީ އެކަލޭގެފާނަކީ ޚާއްސަ ނަބީބޭކަލެއް ކަން. އެކަލޭގެފާނާއި މެދު މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވޭ: ’⁠ނިކަން ބައްލަވާ! ކަލޭގެފާނު ފޮނުއްވުމުގެ ކުރިން ތިމަންކަލާނގެ ނަބިއްޔާ ފޮނުއްވާނަމޭ. ކަލޭގެފާނަށް ޓަކައި މަގު އެ ނަބިއްޔާ ތައްޔާރު ކުރައްވާނޭ.⁠‘


މި ހެޔޮޚަބަރުފުޅު ފެށިގެން އައީ ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ ބާވައިލެއްވި ވަޙީފުޅާ އެއްގޮތްވާ ފަދައިންނެވެ. އެކަލޭގެފާނުގެ ފޮތްކޮޅުގައި ލިޔެވިގެން ވަނީ: ”⁠ކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ކަލޭގެފާނަށްޓަކާ މަގެއް ތައްޔާރުކުރުމަށް ތިމަން ކަލާނގެ އެބައިމީހުންގެ ގާތަށް ނަބީ ބޭކަލަކު ފޮނުއްވާނަމު.


އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.


ކަލޭމެން އެތަނަށް ދިޔައީ ކާކު ދުށުމަށް ތަ؟ އެތަނަށް ކަލޭމެން ދިޔައީ ރަސޫލުބޭކަލަކު ދުށުމަށް ތަ؟ އާނ. އެބޭކަލަކީ ރަސޫލަކަށް ވުރެވެސް މަތިވެރި ބޭކަލެއް.


އަހަރެން ބުނަން ތަ؟ މި ދުނިޔޭގައި ވާ ހުރިހާ އިންސާނުންގެ ތެރޭގައި ވެސް ޔަޙުޔާގެފާނު ފަދަ މަތިވެރި އެހެން މީހަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދަށުގައި އެންމެ ކުޑަ ގޮތަކަށް ހިމެނޭ މީހާ ވެސް އެކަލޭގެފާނަށް ވުރެ މަތިވެރި ވެގެން ވޭ.⁠“


ދެން ޔަޙުޔާގެފާނު ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ބަސްފުޅުތައް ބޭނުންކުރައްވައި މިފަދައިން ބުނެ އެމީހުންނަށް ޖަވާބުދެއްވިއެވެ. ”⁠އަހަރެން މިއީ ހަނަފަސް ސަހަރާގެ ތެރޭގައި، މާތްރަސްކަލާނގެއަށްޓަކައި، ސީދާ މަގެއް ތައްޔާރުކުރުމަށް ގޮވަމުން ދާ މީހާއޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ