Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 7:21 - ކިތާބުލް މުޤައްދަސާ

21 އީސާގެފާނު ހަމަ އެވަގުތުމެ އެތައް ބައެއްގެ ބަލިތައް ފަސޭހަކޮށް ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައިވާ މީހުން ރަނގަޅު ކުރައްވާ ލޯއަނދިރި މީހުންގެ ލޮލަށް އަލިކަން ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 7:21
12 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އަދި އެދުވަހު އެތައްބައެއްގެ ބަލި ހެޔޮ ވެގެން ވިއެވެ. ނަތީޖާއެއްގެ ގޮތުން އެއްވެފައިވާ މީސްތަކުންނާއެކު ބައެއް ބަލި މީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލުމަށްޓަކާ އެކަކު އަނެކަކު ކޮށްޕަމުން ކުރިއަށް ދެވޭތޯ ބެލިއެވެ.


އެކަލޭގެފާނުގެ ހެދުންކޮޅުގައި މި ކަނބުލޭގެ އަތްލި ހިނދު އޭނާގެ ލޭ ފޭބުން ވަގުތުން ހުއްޓިއްޖެއެވެ. އަދި އޭނާގެ މުސީބާތަކަށް ވެފައިވާ ބަލިން ފަސޭހަވިކަމުގެ އިޙުސާސް ކުރެވުނެވެ.


އީސާގެފާނު މި ކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ކަނބުލޭގެ ބަލި ފަސޭހަވެފައި ތިޔަވަނީ ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން. ސުލްޙަވެރި ކަމާއެކުގައިދޭ. އަދި އެ އުނދަގުލުން ތިޔަ ވަނީ މިނިވަންކުރެވިގެން.⁠“


މިމީހުން އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުމެން މިއައީ ޔަޙުޔާގެފާނު ވިދާޅުވުމުން ކަލޭގެފާނާއި މި ސުވާލު ކުރުމަށް. ’⁠އެއީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙަކީ ތިޔައީ ތޯ އޭ؟ ނުވަތަ އަޅުގަނޑުމެން އެކަލޭގެފާނުގެ އިންތިޒާރުގައި ތިބެންވީ ތޯ އޭ؟⁠‘⁠“


މާތްރަސްކަލާނގެ އިސްލާހު ކުރައްވަނީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިންނެވެ. އަދި ތަރުބިއްޔަތު ކުރައްވަން އަދަބު ދެއްވަނީ އެކަލާނގެ ދަރިން ކަމުގައި ދެކެވޮޑިގަންނަވާ ބަޔަކަށެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ