ލޫކާސް 7:16 - ކިތާބުލް މުޤައްދަސާ16 މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!“ အခန်းကိုကြည့်ပါ။ |
އެތަނުގައި އެއްވެތިބި މީސްތަކުންނަށް މިތަންފެނުނު ހިނދު އެބައިމީހުން ޙައިރާންވިއެވެ. މަންމަނުންނަށް މިހާރު ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވިއެވެ. ކޮރު މީހުންނަށާއި އަދި ވާގިބަލީގައި ވީ މީސްތަކުންނަށް ހިނގެންފެށިއެވެ. ލޯފަން މީހުންނަށް ފެނިގެންވިއެވެ. އަދި މިކަންތައްތަކާއި މެދު އެ ހުރިހާ އެންމެން ބަނީއިސްރާއީލުންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ.
ދެން މިބައިމީހުން ބިރުން އީސާގެފާނަށް އާދޭސްކޮށް ދެންނެވީ އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށެވެ. އީސާގެފާނު އެތަނުން ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރައިވަޑައިގަންނަވަނިކޮށް ޖިންނިތަކުގެ ބާރުގެ ދަށުން ސަލާމަތް ކުރެވުނު މީހާ އެކަލޭގެފާނާއިއެކު ދިއުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް އީސާގެފާނު މިކަމާމެދު އިންކާރު ކުރައްވާ ވިދާޅުވިއެވެ. ”ކަލޭގެ އާއިލާގެ ކައިރިއަށް ގޮސް މާތްރަސްކަލާނގެ ކަލެއާ މެދު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަ އެބައިމީހުންނަށް ކިޔާދީ.“ ދެން މިމީހާ އެނބުރިގޮސް މުޅި ހިސާބުގަނޑުގެ ރަށްތަކުގެ ތެރޭގައި އީސާގެފާނު އޭނާއާ ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަތައް ކިޔާހެދިއެވެ. އީސާގެފާނު ދޯންޏަށް އަރާވަޑައިގެން އެރަށުން ފުރާވަޑައިގެންނެވި އެވެ.